އެޗްޑީސީން ހުޅުމާލޭގެ ރައްޔިތުންނަށް ޚާއްސަ މާހެފުމެއް

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ފަރާތުން ހުޅުމާލޭގެ ރައްޔިތުންނަށް ޚާއްސަ މާހެފުމެއް ބާއްވަން ނިންމައިފިއެވެ. މިކަން ހާމަކޮށް އެޗްޑީސީން މިއަދު ބުނީ ހުޅުމާލޭގައި ދިރިއުޅޭ ހުރިހާ ރައްޔި...

16 Mar 2023 | 17:35

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ފަރާތުން ހުޅުމާލޭގެ ރައްޔިތުންނަށް ޚާއްސަ މާހެފުމެއް ބާއްވަން ނިންމައިފިއެވެ.

މިކަން ހާމަކޮށް އެޗްޑީސީން މިއަދު ބުނީ ހުޅުމާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަކީ ވެސް އެއްބަޔަކު އަނެއް ބަޔަކާ ގުޅުން ބަދަހި އަދި އެކުއެކީގައި އުޅޭ މުޖުތަމައުއެއްގެ ގޮތުގައި ބިނާކުރުމަކީ އެޗްޑީސީން އަބަދުވެސް އެދޭ ކަމެއް ކަމަށެވެ.

އަދި އެކަން ކަށަވަރުކުރުމަށްޓަކާ އެ ކުންފުނީގެ ފަރާތުން މީގެ ކުރިން ވެސް އެކި ކަހަލަ ހަރަކާތްތައް ރާވާ ހިންގާފައިވާނެ ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.

މިގޮތުން އެ ކުންފުނިން މިހާރު ވަނީ ހުޅުމާލޭގެ ރައްޔިތުންނަށް ޚާއްސަ އާއިލީ ހަވީރެއް ބާއްވަން ނިންމާފައިވާ ކަމަށާއި ބަރަކާތްތެރި ރަމަޟާން މަސް ފެށެން ގާތްވެފައިވާއިރު އެ ކުންފުނީގެ ފަރާތުން ބާއްވާ މި އާއިލީ ހަވީރަކީ ހުޅުމާލޭގެ ރައްޔިތުންނަށް  އެ ކުންފުނިންދޭ މާހެފުމެއްގެ ގޮތުގައި ބާއްވާ ހަވީރެއް ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.

ކުދި ބޮޑު ހުރިހާ ރައްޔިތުންނަށް ވެސް ބައިވެރިވެވޭ މި ހަވީރު ބާއްވަން ހަމަޖެހިފައި ވަނީ މި މަހުގެ 17 ވާ ހުކުރު ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބާބަކިއު ބީޗު ސަރަހައްދުގައި ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.

އެޗްޑީސީން ވަނީ މި މާހެފުމަށް ހުޅުމާލޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަކަށް ދައުވަތު އަރުވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް