ނެޓް ޒީރޯ ލަނޑުދަނޑި ހާސިލުކުރުމަށް ރާއްޖޭގައި އޮނުގަސް އިންދަނީ

ޕެރިސް އެގްރީމެންޓުގެ ދަށުން 2030 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ކާބަން އެމިޝަންސް، ނެޓް ޒީރޯއަށް ހެދުމަށް ހިފާފައިވާ އަމާޒު ފުރިހަމަކުރުމަށް ރާއްޖޭގައި އޮނުގަސް އިންދުމަށް ހަމަޖެހިފައިވާ ކަމަށް އެން...

16 Mar 2023 | 16:36

ޕެރިސް އެގްރީމެންޓުގެ ދަށުން 2030 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ކާބަން އެމިޝަންސް، ނެޓް ޒީރޯއަށް ހެދުމަށް ހިފާފައިވާ އަމާޒު ފުރިހަމަކުރުމަށް ރާއްޖޭގައި އޮނުގަސް އިންދުމަށް ހަމަޖެހިފައިވާ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެފި އެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން މިކަން ހާމަކޮށްފައި ވަނީ މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ.

އެގޮތުން އެންވަޔަރަންމެންޓް މިނިސްޓްރީން ބުނީ ނެޓް ޒީރޯގެ ލަނޑުދަނޑި ހާސިލުކުރުމަށް، އެޓްމޮސްފެއާ ފައުންޑެންޝަނާއެކު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމުގެ ދަށުން ރާއްޖޭގައި އޮނުގަސް އިންދާ އާލާކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"އޮނު ގަހަކީ ވަރަށް އަވަހަށް ހެދޭ އަދި އަމިއްލައަށްވެސް އާލާވާ ޒާތުގެ ގަހެއް ކަމަށާއި އޮނަކީ އެހެން ވައްތަރުގެ ގަސްގަހާގެއްސަށް ވުރެ ޖައްވުން ކާބަންޑައިއޮކްސައިޑް އިތުރަށް ހިފަހައްޓާކަން ފާހަގަކުރެވިފައިވާ ބާވަތެއްގެ ގަހެއް ކަމަށް އެ މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވެއެވެ.

އަދި މިބާވަތުގެ ގަސް އެހެން ގަސްތަކަށް ވުރެ 35 ޕަސަންޓް ގިނަ އޮކްސިޖަން ރޭގަނޑު އުފައްދާ ކަމަށާއި އޮނުގަސް ކާބަންޑައިއޮކްސައިޑް ހިފަހައްޓަނީ ގަހުގެ ގަސްގަނޑުގައި (ޓްރަކުގައި) ކަމަށްވުމުން ކާބަންޑައިއޮކްސައިޑް ވަރަށް ގިނަ އަހަރުތަކަށް ރައްކާކޮށްފައި ބަހައްޓާ ކަމަށް އެ މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވެއެވެ.

މިގޮތުން ރާއްޖޭގައި އޮނުގަސް އިންދުމަކީ ރާއްޖެ ނެޓް ޒީރޯ ގައުމަކަށް ވާސިލުވުމަށް ކުރަމުން އަންނަ މަސައްކަތުގެ ވަރަށް މުހިންމު ދައުރެއް އަދާކުރާނެ މަސައްކަތަކަށްވާނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެފައި ވެއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ 2030 ވަނަ އަހަރުގެ ކުރިން ރާއްޖެ ނެޓް ޒީރޯ ގައުމަކަށް ހެދުމަށް އަމާޒު ހިފައި، 2021 ވަނަ އަހަރު ކްލައިމެޓް އެމަޖެންސީ ގާނޫނެއްވެސް ފާސްކޮށްފައިވާ ކަމަށެވެ.

އަދި ތަރައްގީގެ އެކިއެކި މަޝްރޫއުތަކާއި އާބާދީ އިތުރުވުމުގެ ސަބަބުން ރާއްޖޭގެ ރަށްތަކުގެ ފެހިކަން ގެއްލެމުންދާ ކަމަށާއި ހިއްކާފައިވާ ގިނަ ބިންތައްވެސް ހަނަފަސް ސަހަރާއެއްގެ ގޮތުގައި ދޫކޮށްލެވިފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ. .

މީގެ އިތުރުން މީހުން ދިރިއުޅޭ ރަށްރަށުގެ ފެހިކަން ހުރި މިންވަރު ބެލުމަށް ކުރިއަށް ގެންދިޔަ ސާވޭގައިވާ ގޮތުން 30 ޕަސަންޓަށްވުރެ މަދުން ފެހިކަން ހުރީ ހަ ރަށެއްގައި ކަމަށާއި

ރާއްޖޭގެ ރަށްތަކުގެ ފެހިކަން އިތުރުކޮށް، ރުއްގަސް ދިރުވައި އަލާކުރުމުގެ ބޭނުމުގައި 2018 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 15 ވަނަ ދުވަހު ސަރުކާރުން "ރަށްފެހި ޕްރޮގްރާމް" އިފުތިތާހުކޮށްފައިވާކަން ވެސް މިނިސްޓްރީން ހާމަކޮށްފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް