ވ. އާރަށް ކުށްޔަށް ދިނުމުގެ މުއާމަލާތުގެ ދަށުން ރިޝްވަތު ހިފުމާއި މަނީލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ސިޔާސީ ލީޑަރު އަބްދުﷲ ޔާމީން ގެއަށް ބަދަލުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ޕީޕީއެމް ކޯލިޝަނުން އިއްޔެ ބުނެފި އެވެ
މިކަން ހާމަކޮށް ޕީޕީއެމް ކޯލިޝަންގެ ބައެއް ލީޑަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޕީއެންސީ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ ޔާމީން ގެއަށް ބަދަލު ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އެ ޕާޓީގެ ވަކީލުން ކުރަމުން އަންނަ ކަމަށެވެ.
އަދި ހާއްސަކޮށް ކުރިއަށް އޮތީ ރޯދަމަސް ކަމުން ގެއަށް ބަދަލުކޮށް އާއިލާ ކައިރީ އެ މަހު ޔާމީނަށް ހުންނެވޭތޯ ޕާޓީން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން އަންނަ ކަމަށް ވެސް ޝުޖާއު ވިދާޅުވެފައި ވެއެވެ.
މިގޮތުން ޕާޓީގެ ހުރިހާ ރިސޯސެއް ޔާމީން ގެއަށް ބަދަލު ކުރެވޭތޯ ބޭނުންކުރަމުން އަންނަ ކަމަށް ޝުޖާއު ވިދާޅުވެފައި ވެއެވެ.
އިދިކޮޅު ޕީޕީއެމުން ނިންމާފައި ވަނީ އެ ޕާޓީން ވަކިން އިންތިހާބަށް ނުކުތުމަށެވެ. އެ ޕާޓީގެ ކެނޑިޑޭޓް، ޔާމީން ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ ނަމަވެސް އެ ޕާޓިން ގަބޫލު ކުރަނީ ރިޔާސީ އިންތިހާބުން ރައީސް ޔާމީން ޖާގަ ހޯއްދަވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް