މާރާމާރިއަކާ ގުޅިގެން ހޯދާ ފައިހް މަހެއް ވީއިރުވެސް ނުފެނޭ!

ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ފުލުހުން ހޯދަމުންދާ އައްޑޫ ސިޓީ މަރަދޫފޭދޫ އިބްރާހިމް ފައިހް ނިޒާމް އަދިވެސް ނުފެންނަ ކަމަށް ފުލުހުން ބުނެފި އެވެ. އުމުރުން25 އަހަރުގެ ...

16 Mar 2023 | 09:15

ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ފުލުހުން ހޯދަމުންދާ އައްޑޫ ސިޓީ މަރަދޫފޭދޫ އިބްރާހިމް ފައިހް ނިޒާމް އަދިވެސް ނުފެންނަ ކަމަށް ފުލުހުން ބުނެފި އެވެ.

އުމުރުން25 އަހަރުގެ ފައިހް ހޯދަން ފުލުހުން އިއުލާނު ކުރީ މިދިޔަ މަހުގެ15 ވަނަ ދުވަހު އެވެ.

ފުލުހުން ބުނީ ފައިހް ހޯދަމުންދަނީ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ. އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ، އެ ޑިޕާޓްމަންޓުގެ ނަންބަރު 9911099 ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުމަށް ފުލުހުން އެދުނެވެ.

މިދިޔަ ދެ މަހު މާލޭގައި ވަނީ ސިލްސިލާކޮށް މާރާމާރީތަކެއް ހިންގައި ވިޔަފާރިތަކަށް ގެއްލުން ދީފައި އެވެ. މީގެ ތެރެއިން މާރާމާރީއެއްގައި ފިހާރައެއްގެ ތެރޭގައި ހުއްޓަ ހަމަލާދިން މީހާ ވަނީ ފަރުވާ ދެނިކޮށް މަރުވެފައި އެވެ.

ފުލުހުން ބުނީ މި މާރާމާރީތަކާއި ވިޔަފާރިތަކަށް ގެއްލުން ދިނުން ގުޅިފައިވަނީ މާލޭގައި ހިންގާ ހަތަރު ގޭންގަކާއި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް