މެދު ރާއްޖެ ތެރެއަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ.
އެ އިދާރާއިން ބުނީ މޫސުން ގޯސްވާނީ ކ. އަތޮޅުން ފެށިގެން މ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ކަމަށެވެ. އެލާޓު ނެރެފައިވަނީ މެންދުރ ު1:00 ން ހަވީރު 4:00 އަށެވެ.
އެ ވަގުތުތަކުގައި އެ ސަރަހައްދަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާ ކުރެ އެވެ.
ރާއްޖޭގެ މޫސުން ކުރިއަށްއޮތް 24 ގަޑިއިރަށް ލަފާކުރާގޮތަށް ބަލާއިރު އެކި ހިސާބަށް ވިއްސާރަކުރާނެކަމަށާއި ބައެއް ރަށްތަކަށް ބޯކޮށްވާރޭވެހި ގުގުރުން އެކަށީގެންވާކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެ އެވެ.
ވައި ޖެހޭނެ ކަމަށް ލަފާ ކުރަނީ އިރާއި އިރުދެކުނުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި އެވެ. ވިލާގަނޑުގައި ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށް ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް