ފިކުރެއްގެ ދިރުން އުފެދުމުގެ ކުރިންވެސް ނަޝީދު ފެކްޝަނުން ދިޔައީ ޕީޕީއެމާއެކު މަސައްކަތް ކުރަމުން: ޝަރީފް

ކުުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުން އުފެދުމުގެ މާކުރިންވެސް އެ ފެންޝަނަށް ނިސްބަތްވާ މެމްބަރުން އިދިކޮޅު ޕީޕީއެމްއާއެކު މަސައްކަތްކުރަމުންދާތާ ކިތަ...

16 Mar 2023 | 08:16

ކުުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުން އުފެދުމުގެ މާކުރިންވެސް އެ ފެންޝަނަށް ނިސްބަތްވާ މެމްބަރުން އިދިކޮޅު ޕީޕީއެމްއާއެކު މަސައްކަތްކުރަމުންދާތާ ކިތަންމެ ދުވަހެއް ވެއްޖެކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް (އައްޑޫ ޝަރީފް) ވިދާޅުވެއްޖެ އެވެ.

އެގޮތުން މިކަމަށް އިޝާރަތްކޮށް އައްޑޫ ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ  އެމްޑީޕީގެ އަސާސީ ޤަވާޢިދާ ޚިލާފު ކަމަކަށް ވިޔަސް އެމްޑީޕީގެ ފިކުރެއްގެ ދިރުމަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އިދިކޮޅު ޕީޕީއެމްއާއެކު ޖޮއިންޓު ޕާލަމެންޓްރީ ގްރޫޕެއްގެ ގޮތުގައި މަސައްކަތްކުރާތާ ކިތަންމެ ދުވަހެއް ކަމަށެވެ.

އަދި ފިކުރެއްގެ ދިރުން އުފެއްދުމުގެ މާކުރިންވެސް ރައީސް ނަޝީދުގެ ފެކްޝަނާއި ޕީޕީއެމްގެ ޕީޖީ ގްރޫޕުން އެކުގައި ވަކި އެޖެންޑާއެއްގެ ދަށުން މަސައްކަތް ކުރާތާ ކިތަންމެ ދުވަހެއް ވެފައިވާ ކަމަށް އައްޑޫ ޝަރީފް ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީ (ޖޭޕީ) މި ސިލްސިލާގެ ތެރެއަށް އިތުރު ވެގެންދާނެ ކަމަކީ ފެންނަން އޮތް ހަގީގަތެއް ކަމަށެވެ.

ހަމައެހެންމެ، އެމްޑީޕީއަށް ވެރިކަން ގެއްލުވަލަން ފިކުރެއްގެ ދިރުމުން ނުކުރާނެ ކަމެއް ނޯންނާނެ ކަމަށާއި އެހެންނަމަވެސް ރައީސް ޞާލިޙާ ދެކޮޅަށް ފިކުރެއްގެ ދިރުމަށް އެންމެ އުނދަގޫވާނީ ކުރީގެ ރައީސް ޑރ.ވަޙީދާއެކު މަސައްކަތް ކުރަން ކަމަށާ، ކުރަން ޖެހިއްޖެނަމަ އެކަންވެސް ކުރާނެކަމަށް ފިކުރެއްގެ ދިރުމުން ބުނެފައިވާ ކަމަށް ޝަރީފް ވިދާޅުވެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް