މިސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ބިޔަ މަޝްރޫޢު އެއް ކަމަށްވާ ފަރެސް މާތޮޑާ އެއަރޕޯޓު ހަދަން ނިންމައި އެ މަސައްކަތް ފަށާފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް އެ އެއަރޕޯޓު ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފަރެސްމާތޮޑާ ކައުންސިލްގެ ރައީސް އަޙްމަދު އިމްތިޔާޒު ވިދާޅުވެއްޖެ އެވެ.
އެ ރަސްމިއްޔާތުގައި އިމްތިޔާޒު ވިދާޅުވީ، ފަރެސްމާތޮޑާގައި އެއަރޕޯޓެއް ހައްދަވަން ނިންމަވައި އެކަން ޢިއުލާންކުރައްވައި އެމަސައްކަތް ފެއްޓެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނު ކަމަށެވެ.
އަދި އެމަޝްރޫޢު ހަޤީޤަތަކަށް ހައްދަވައި އެއާޕޯޓު ގެންނެވުމަށް ދާއިރާގެ މެމްބަރު ޙުސައިން މުޙައްމަދު ލަޠީފު ކުރެއްވި ބުރަ މަސައްކަތް ދާއިރާ އާއި އެރަށުގެ ރައްޔިތުން ބަލައިގަންނަކަމަށާއި ރައީސް ޔާމީނާއި މެމްބަރު ޙުސައިންއަށް ޝުކުރު އަދާކުރާކަމަށްވެސް އިމްތިޔާޒު ވިދާޅުވެފައި ވެއެވެ.
ރައީސް ޔާމީންގެ ވެރިކަމުގެ ދުވަސްވަރުގައި ފަރެސްމާތޮޑާގައި އެއަރޕޯޓު ތަރައްޤީކުރުމަށް އެމްޓީސީސީން ވަނީ ބިން ހިއްކަން ފަށާފައެވެ. އަދި އެ މަސައްކަތް މުޅިން ނިންމާލާފައި ވަނީ 2019ވަނަ އަހަރުގެ އޯގަސްޓް މަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް