ސަލީމްގެ ހާލު އަންނަނީ ރަނގަޅުވަމުންް

ރައީސުލްޖުމްހޫރިއްޔާގެ ކުރީގެ މެމްބަރުކަން ކުރައްވާފައިވާ މުހައްމަދު ސަލީމް (ހޯރަފުށީ ސަލީމް) އަށް ޖެހުނު ހާޓް އެޓޭކަށް ފަހު ހާލު ރަނގަޅުވަމުން އަންނަ ކަމަށް ބުނެފި އެވެ. އޭނާއަށް ހާޓް އެޓޭކު ޖެހުނީ މ...

16 Mar 2023 | 04:47

ރައީސުލްޖުމްހޫރިއްޔާގެ ކުރީގެ މެމްބަރުކަން ކުރައްވާފައިވާ މުހައްމަދު ސަލީމް (ހޯރަފުށީ ސަލީމް) އަށް ޖެހުނު ހާޓް އެޓޭކަށް ފަހު ހާލު ރަނގަޅުވަމުން އަންނަ ކަމަށް ބުނެފި އެވެ.

އޭނާއަށް ހާޓް އެޓޭކު ޖެހުނީ މިމަހުގެ 13 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި އެވެ. ސަލީމް ފަރުވާ ހޯއްދަމުން ގެންދަވަނީ އޭޑީކޭ ހޮސްޕިޓަލްގައި އެވެ.

ސަލީމް ރޭ މީޑިއާއަށް ފޮނުއްވި ލިޔުމެއްގައި ވިދާޅުވީ މޭޖާ ހާޓް އެޓޭކަކުން މާތް ﷲ ގެ ރަހުމަތްފުޅުން ސަލާމަތްވި ކަމަށްޓަކައި ހަމްދުކޮށް، ޝުކުރު އަދާ ކުރާ ކަމަށެވެ. އޭނާ ވިދާޅުވީ މިވަގުތު ހުންނެވީ ރަނގަޅު ސިއްހަތެއްގައި ކަމަށެވެ.

އަދި އޭނާއަށް ހެޔޮ ދުއާކޮށްދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާ ކުރައްވާފައިވެ އެވެ.

ހާޓް އެޓޭކު ޖެހުމާއި ގުޅިގެން އާއިލާއިން އެ ދުވަހު މީޑިއާގައި ބުނެފައިވާ ގޮތުގައި އޭޑިކޭ ހޮސްޕިޓަލްގައި ސަލީމްގެ ހިތުގެ އޮޕަރޭޝަނެއް ކޮށްފައިވެ އެވެ. އެކަމަކު އޭނާ އަކީ ކުރިން ހިތުގެ އެއްވެސް މައްސަލައެއް ދިމާވެފައިވާ ބޭފުޅެއް ނޫން ކަމަށް އާއިލާއިން ބުނެފައިވެ އެވެ.

ސަލީމަކީ ކުރީގެ މަޝްހޫރު ނޫސްވެރިއެކެވެ. އޭނާއަށް ވަނީ ނޫސްވެރިކަމުގެ ދާއިރާއިން ގައުމީ އިނާމާއި ރާއްޖޭގެ ނޫސްވެރިކަމުގެ ރަން ޔޫބީލް ގަލަމާއި އަލިމަސް ގަލަން ވެސް ލިބިވަޑައިގެންފައިއެވެ.

ރައްޔިތުންގެ މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާގެ މެމްބަރުކަން އޭނާ ކުރެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އެމަނިކުފާނުގެ މެމްބަރެއްގެ ގޮތުގައި އެވެ.

މުޙައްމަދު ސަލީމަލީ، ހޯރަފުށީ ދާއިރާގެ މެމްބަރު އަޙުމަދު ސަލީމްގެ އެއްބަފާ ބޭބެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް