ފަރެސްމާތޮޑާ އެއަރޕޯޓު ރަސްމީކޮށް ހުޅުވައިފި

ގދ. ފަރެސްމާތޮޑާ އެއާޕޯޓު ރަސްމީކޮށް ހުޅުވައިފިއެވެ. ފަރެސްމާތޮޑާ އެއަރޕޯޓް ރަސްމީކޮށް ހުޅުވާދެއްވީ ރޭ އެކަމަށްޓަކައި އެ އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު...

16 Mar 2023 | 03:35

ގދ. ފަރެސްމާތޮޑާ އެއާޕޯޓު ރަސްމީކޮށް ހުޅުވައިފިއެވެ.

ފަރެސްމާތޮޑާ އެއަރޕޯޓް ރަސްމީކޮށް ހުޅުވާދެއްވީ ރޭ އެކަމަށްޓަކައި އެ އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހެއެވެ.

އެއާޕޯޓް ހުޅުވުމަށް ވަނީ ހަވާއެރުވުމާއި ސަގާފީ ހަރަކާތްތަކާއި އެކު ކުލަގަދަ ރަސްމިއްޔާތެއް ބާއްވާފައެވެ.

ފަރެސްމާތޮޑާ އެއަރޕޯޓަކީ ރައީސް ޞާލިހްގެ ސަރުކާރުން ތަރައްޤީކޮށް ހުޅުވާ ދެވަނަ އެއަރޕޯޓެވެ.

ފަރެސްމާތޮޑާ އެއަރޕޯޓަކީ ރޭގަނޑުވެސް ފްލައިޓް ޖެއްސޭގޮތަށް، ނެވިގޭޝަން ލައިޓްތަކާއެކު ތަރައްޤީ ކޮށްފައިވާ އެއަރޕޯޓެކެވެ.

ޖުމުލަ 144.8 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން ފަރެސްމާތޮޑާ އެއަރޕޯޓުގައި، އެއަރޕޯޓް ރަންވޭ، ޓެކްސީވޭ، އެޕްރޮން، ފަޔަރ ޕެޑް އަދި ފަޔަރ ރޯޑްގެ ސަބްބޭސް އަދި ސަބްގްރޭޑް މަސައްކަތްތައް ވަނީ ފުރިހަމަކޮށްފަ އެވެ.

އަދި މި މަޝްރޫޢުގެ ދަށުން 1200 މީޓަރުގެ ރަންވޭއަކާއި ޓެކްސީވޭ އަކާއި އޭޕްރަންއަކާއި ސާވިސް ރޯޑު އިމާރާތް ކޮށްފައި ވެއެވެ.

މި އެއާޕޯޓަށް މިމަހުގެ26 ވަނަ ދުވަހު ޝެޑިއުލް ދަތުރުތައް ފަށަން ގައުމީ އެއާލައިން މޯލްޑިވިއަންއިން ނިންމައި މިހާރު ވަނީ ބުކިންއަށް ހުޅުވާލާފައި އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެ އެއާޕޯޓަށް ދެވެނީ އެއް ގަޑިއިރާއި15 މިނެޓުންނެވެ.

އެއްކޮޅު ދަތުރުގެ ޓިކެޓުގެ އަގަކ ީ1،626 ރުފިޔާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް