އިންޑިއާގެ ކެރެލާ ސްޓޭޓްގެ ކޮޗިންގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ އެވެ.
މި އެކްސިޑެންޓު ހިނގާފައިވަނީ މީގެ ތިން ދުވަސް ކުރިންނެވެ. އެކްސިޑެންޓުގައި އަނިޔާވެފައިވަނީ އއ. ބޮޑުފޮޅުދޫ، ދެތަނޑިމާގެ، އާދަމް ޝަހީމް އަށެވެ.
މި ހާދިސާ އާއި ގުޅޭގޮތުން ޝަހީމްގެ އާއިލާއިން ބުނީ އެކްސިޑެންޓު ހިނގީ ރޭގަނޑު ގެއަށް ދަނިކޮށް ދުއްވާފައި ދިޔަ ސައިކަލަކުން އޭނާގެ ގައިގަ ޖެހިގެންނެވެ. މި އެކްސިޑެންޓުގައި އެތެރެ ހައްޓަށް ޝަހީމަށް ގެއްލުމެއް ނުލިބުނަސް ބޭރު ފުށުން ބޮޑެތި ޒަހަމްތަކެއް ލިބިފައިވެ އެވެ.
އެ އާއިލާ މީހަކު މީޑިއާގައި ބުނީ މޫނުމައްޗާއި ލޯ ކައިރިން ފަޅައިގެން ގޮސް، ލޯ ކައިރިން ކަފައިގެން ގޮސްފައި ހުރި ތަނުން ލޭ މަނާ ނުވެގެން ކޮޗިންގެ އެހެން ހޮސްޕިޓަލަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. މިހާޜު ފަރުވާ ދެމުންދާ ހޮސްޕިޓަލްގެ ޑޮކްޓަރުންގެ ލަފާގެ މަތިން ލޮލުގެ އޮޕަރޭޝަނެއް ހުކުރު ދުވަހު ކުރުމަށް ހަމަޖެހިފައިވެ އެވެ.
އެމީހާ ބުނީ ޝަހީމްގެ ލޮލަށް ލިބިފައިވާ އަނިޔާގެ ސަބަބުން ލޮލުގެ ކަޅި ނުހިފަހައްޓައި، ވެއްޓެނީ ކަަށެވެ. އަދި ނޭފަތާއި ތުންފަތް އިރައިގެން ގޮސް ފައިގެ އެކި ތަންތަނާއި ބޯ ފަޅައިގެން ގޮސްފައި ހުރި ކަމަށް ބުނެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޝަހީމް އިންޑިއާއަށް ގޮސް އުޅެނީ އޭނާގެ ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް ފުރޮޅުލީގޮނޑިއެއް ގަންނާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް