ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އދ. މާމިގިލި، ރަންގިރިޓީގެ އިބްރާހީމް ރަޝީދު އަބޫބަކުރު މިއަދު އައްޔަންކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ އޭނާ މަގާމަށް އައްޔަން ކުރެއްވީ މިއަދު ކަމަށެވެ.
އިބްރާހީމް ރަޝީދު ވަނީ އިނގިރޭސި ވިލާތުގެ ބޯލްޓަން ޔުނިވަސިޓީން އެމްބީއޭ ހާސިލުކުރައްވާފަ އެވެ.
އިބްރާހީމް ރަޝީދު އަބޫބަކުރު ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާއި މިނިސްޓާ އޮފް ސްޓޭޓް ފޯ ހޯމް އެފެއާޒްގެ ނައިބުގެ މަގާމާއި މެދު އުތުރު ސަރަޙައްދުގެ ގައުމީ އިދާރާގެ ސްޓޭޓް ސެކްރެޓަރީގެ މަގާމާ ޕްރައިވެޓް ސެކްޓަރުގެ އެކިއެކި މަގާމުތައް ފުރުއްވާފައިވެ އެވެ.
އިބޫ އާއި އެކު މިހާރު ޓޫރިޒަމްގައި ތިން ސްޓޭޓް މިނިސްޓަރުން އެބަތިއްބެވި އެވެ. އެއީ ބްރާހީމް ރަޝީދާއި ޑރ. އަހްމަދު ސޯލިހް އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް