އެންޓީޓީސީގެ އިތުރު ދެ ޓްރޭޑް ޓެސްޓް ސެންޓަރެއް ރަޖިސްޓަރީ ކޮށްފި

މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ އިތުރު ދެ ފަރާތަކާއި އެކު ނޭޝަނަލް ޓްރޭޑް ޓެސްޓިންގ ޕްރޮގްރާމް ހިންގުމަށް ކޮލިޓީ އެޝުއަރެންސް ފަހުމުނާމާގައި ސޮއި ކޮށްފިއެވެ. މޯލްޑިވްސް ނޭޝަނަލް ސ...

16 Mar 2022 | 15:40

މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ އިތުރު ދެ ފަރާތަކާއި އެކު ނޭޝަނަލް ޓްރޭޑް ޓެސްޓިންގ ޕްރޮގްރާމް ހިންގުމަށް ކޮލިޓީ އެޝުއަރެންސް ފަހުމުނާމާގައި ސޮއި ކޮށްފިއެވެ.

މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގައި  އިއްޔެ  ބޭއްވުނު   މިހަފްލާގައި،   ޒިކުރާ   އިންޓަރނޭޝަނަލް   ކޮލެޖް   އަދި   ވިލާ   ކޮލެޖް   އަށް   ވަނީ   ޓްރޭޑް   ޓެސްޓިންގ   ސެންޓަރ ރަޖިސްޓްރޭޝަން ސެޓްފިކެޓް ހަވާލްކޮށް ޓްރޭޑް ޓެސްޓިންގް ކުރިއަށް ގެންދިއުމުގެ ހުއްދަ ދީފައެވެ.

އެންޓީޓީސީން ބުނީ، ހުނަރުގެ ރަސްމީ ތަމްރީނުގެ ތެރެއިން ސެޓްފިކެޓެއް ނުލިބި ފަންނީ މަސައްކަތުގައި ގިނަ ދުވަހު ދެމިތިބޭ ދިވެހި ރައްޔިތުންނަށް ހުނަރުގެ ރަސްމީ ސަނަދެއް ހޯދޭނެ ނިޒާމް މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީއިން ވަނީ ޤާއިމް ކޮށްފައިވާކަމަށެވެ. މިގޮތުން މޯލްޑިވްސް ނޭޝަނަލް   ސްކިލްސް   ޑިވެލޮޕްމަންޓް   އޮތޯރިޓީން   ހިންގާ   ނެޝަނަލް   ޓްރޭޑް   ޓެސްޓިންގ   އެންޑް   ސަރޓިފިކޭޝަން   ޕްރޮގްރާމްގެ   ދަށުން، ވަޒީފާއަށް ބޭނުންވާ ފަންނީ ހުނަރު ހުރިތޯބެލުމަށް ޤައުމީ އިމްތިހާނެއްދީ އެ އިމްތިހާނުން ފާސްވާ މީހުނަށް ޤައުމީ ސަނަދު  ނުވަތަ ނެޝަނަލް ސެޓްފިކެޓެއް  ދެވޭނެކަމަށް އެންޓީޓީސީން ބުނެއެވެ.

މިގޮތުން ދެވޭ ޤައުމީ އިމްތިހާން ނުވަތަ ނޭޝަނަލް އެސެސްމަންޓް ދެވޭނީ  މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ނޭޝަނަލް ކޮމްޕިޓެންސީ ސްޓޭންޑަރޑް ތަކުގައި ކަނޑައަޅާފައިވާ އެންމެހައި ކޮމްޕީޓެންސީތައް ހާސިލުވެފައިވާކަން ކަށަވަރުކޮށްފައިކަމަށް އެންޓީޓީސީން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް