100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާއި އެކު، އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ނ.ހޮޅުދޫއަށް މިއަދު
ތައާރަފްކޮށްފިއެވެ.
އުރީދޫގެ ޗީފް ކޮމަރޝަލް އޮފިސަރ ހުސައިން ނިޔާޒު ވިދާޅުވީ އެކުންފުނިން ކެނޑިނޭޅި މަސައްކަތްކުރަމުން މިދަނީ %100 އާބާދީ އަށް ފިކްސްޑް ބްރޯޑްބޭންޑް ގެ ޙިދުމަތް ފޯރުކޮށްދިނުމަށްކަމަށެވެ. މިދިޔަ އަހަރެކޭ އެއްފަދައިން މި އަހަރުވެސް ގިނަ ރައްތަކަކަށް މި ޙިދުމަތް ފޯރުކޮށްދިނުމަށް ރޭވިފައިވާކަމަށް ނިޔާޒު ވިދާޅުވިއެވެ.
އެގޮތުން މިއަދު އެ ކުންފުނިން ސުޕަރނެޓްގެ ޚިދުމަތް ނ. ހޮޅުދޫއަށް ތައާރަފްކޮށް، ހޮޅުދޫގެ ރައްޔިތުން ޑިޖިޓަލް ޒަރިއްޔާތައް މެދުވެރިކޮށް އިތުރު ފުރުސަތުތަކާއި ގުޅުވާލަދީފައިވާކަމަށް ނިޔާޒު ވިދާޅުވިއެވެ. ނިޔާޒު ވިދާޅުވީ ބޮޑެތި ޑޭޓާ އެލަވަންސްތަކާއި، ހަލުވި ސްޕީޑްތަކާއި، ޑޭޓާ ރޯލްއޯވަރ ޚިދުމަތް އެކުލެވޭ މި ޕެކޭޖތަކަކީ މާކެޓްގައި އެންމެ ރަނގަޅު ޕެކޭޖްތައްކަމަށެވެ. ކުރިއަށްއޮތް ތަނުގައިވެސް ދިވެހިންގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް މަންފާވާނެ ފަދަ ޙިދުމަތްތައް ފޯރުކޮށްދިނުމުގައި އެކުންފުނިން ދެމިތިބޭނެ ކަމުގެ ޔަގީންކަން އަރުވަމެވާކަމަށް ނިޔާޒު ވިދާޅުވިއެވެ.
ފެންވަރު ރަނގަޅު އަދި އަގުހެޔޮ ޚިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސްއިން އިން ކުރާ މަސައްކަތުގެ ތެރެއިން، ދާދި ފަހުން ވަނީ އުރީދޫ ސުޕަރނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފައެވެ.
މި ބަދަލުގެ ދަށުން ސުޕަރނެޓް ކަސްޓަމަރުންނަށް ފަސް ގުނަ އިތުރު ސްޕީޑާއެކު %100 އާއި ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑްވެސް ކަސްޓަމަރުންނަށް ލިބިގެންދެއެވެ.
މީގެ އިތުރުން ސުޕަރނެޓް ގެންގުޅުއްވާ ހުރިހާ ކަސްޓަމަރުންނަށްވެސް ޑޭޓާ ރޯލް އޯވަރގެ ޙިދުމަތާއެކު މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ އަނެއް މަހުގެ ޕެކޭޖް އިންކްލޫސިވް ޑޭޓާއާއި އެއްވެގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް