ޗައިނާގެ ތާރީހާއި ސަގާފަތާ ގުޅޭ މައުލޫމާތު ހިމެނޭ ފޮތްތަކެއް ޗައިނާ-މޯލްޑިވިއަން ކަލްޗްރަލް އެސޯސިއޭޝަން (ސީއެމްސީއޭ) އަދި މޯލްޑިވްސް ޗައިނާ ޓްރޭޑް އެންޑް ކަލްޗްރަލް އޯގަނައިޒޭޝަން (އެމްސީޓީސީއޯ)އަށް ހަދިޔާ ކޮށްފިއެވެ.
ޗައިނާ އެމްބަސީން ރޭ އިންތިޒާމު ކުރި ރަސްމިއްޔާތެއްގައި ފޮތްތައް ހަދިޔާ ކުރެއްވީ ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ވަން ލީޝިން އެވެ.
މިރަސްމިއްޔާތުގައި ޗައިނާ ސަފީރު ވިދާޅުވީ ފޮތްތަކުގެ ސަބަބުން ޗައިނާގެ ތާރީހާއި ސަގާފަތް އަދި ވަކިން ހާއްސަކޮށް ޗައިނާ ކުރިއަރައިގެން އައި ގޮތް ދިވެހިންނަށް އެނގޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
.މީގެ އިތުރުން ސަފީރު ވިދާޅުވީ ރާއްޖެއާއި ޗައިނާއާ ސިޔާސީ ގުޅުން ގާއިމުކުރިތާ މިއަހަރަށް 50 އަހަރު ފުރޭއިރު ދެ ގައުމުގެ ގުޅުންތަކުގެ ތެރެއިން އިތުރު ފުރުސަތުތައް ހުޅުވި، މުސްތަގްބަލަށް އެތައް ކަމެއް ޔަގީންކުރެވިގެންދާނެ ކަމަށެވެ.
ސީއެމްސީއޭގެ ފަރާތުން ފޮތްތަކާ ހަވާލުވެވަޑައިގަތީ އެ ޖަމިއްޔާގެ ނައިބް ރައީސް އަލީ ވަހީދު އެވެ. އެމްސީޓީސީއޯގެ ފަރާތުން ފޮތްތަކާ ހަވާލުވެވަޑައިގަތީ އެ ޖަމިއްޔާގެ ރައީސް މިދުއަމް ސައުދު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް