އެމެރިކާއިން ރާއްޖެއަށް ފޯރުކޮށްދޭ ބައިލެޓްރަލް އެހީ އިތުރުކުރުމާބެހޭ އެއްބަސްވުމެއްގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒާއިއެކު ސޮއިކޮށްފިއެވެ.
ފޮރިން މިނިސްތްރީން ބުނެފައިވަނީ މިއަދު، އެމެރިކާ ސަރުކާރުގެ އޭޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއޭއައިޑީ) އާއި ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ދެ ގައުމުގެ މެދުގައި ސޮއިކޮށްފައިވާ ބައިލެޓްރަލް އެގްރީމެންޓަށް އިސްލާހެއް ނެގެސް އިތުރު 3.2 މިލިޔަން ޑޮލަރު މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ރާއްޖެއިން ކުރާ މަސައްކަތަށް އެހީވުމަށް މިއަދު ވަނީ ކަނޑައަޅާފައެވެ.
"މި އެސްބަސްވުމުގެ ތެރެއިން، ތިމާވެއްޓާ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އެމެރިކާއާއި ދިވެހިރާއްޖެއިން ސަމާލުކަންދޭ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ގެނުވާނެ" ޔޫއެސްއޭއައިޑީ މޯލްޑިވްސސް މިޝަން ޑިރެކްޓަރ ރީޑް އެއިޝްލިމަން ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ މި އެސްބަސްވުމަކީ އެމެރިކާއާއި ދިވެހި ސަރުކާރާ ރައްޔިތުންނާއެކު އިތުރުވަމުންދާ އެއްބާރުލުން ފެނިގެންދާނެ ރަމްޒެއް ކަމަށެވެ.
އެމެރިކާއާއި ދިވެހިރާއްޖެއާއި ދެމެދު ވެފައިވާ ބައިލެޓްރަލް އެގްރިމެންޓްގައި އެންމެ ފުރަތަމަ ސޮއިކޮށްފައިވަނީ 2019 ގައެވެ. އޭގެ ފަހުން އެމެރިކާއިންވަނީ ދިވެހިރާއްޖެއަށް 25 މިލިއަން ޑޮލަރަށްވުރެ ގިނަ ބައިލެޓްރަލް އެހީ ފޯރުކޮށްދިނުމަށް އޮބްލިގޭޓްކޮށްފައެވެ. މި އެހީގެތެރޭގައި ޕަބްލިކް ފައިނޭންސް މެނޭޖްމަންޓަށާއި، ގާނޫނުގެ ބާރުވެރިކަން ހަރުދަނާކުރުމަށާއި، ލާމަރުކަޒީ ނިޒާމަށް އެހީވުމަށާއި ތިމާވެށި ރައްކާތެރިކުރުން ހިމެނެއެވެ. އަދި މިއަދުގެ ސޮއިކޮށްފައިވާ އެމެންޑްމެންޓާއެކު މޫސުމަށް އަންނަ ބަދަލުތަކަށް ހޭދުމަށް އެހީތެރިވުން ހިމެނިގެންދާނެކަމުގައި ފޮރިން މިނިސްޓްރީން ހާމަކުރެއެވެެ.
ޔޫއެސްއޭއައިޑީންދަނީ ތިމާވެށި ވިލުންވެރިކަން އިތުރުކުރުމަށާއި، އިގްތިސާދީ އަދި ޑިމޮކްރެޓިކް އިސްލާހީ ބަދަލުތައް ރާވާ ހިންގުމަށާއި، ބާރުވެރި އަދި ހިންގުންތެރި މަދަނީ ޖަމިއްޔާ މަޖާއަަތެއް ބިނާކުރުމަށް ދިވެހި ސަރުޚާރާ ގުޅިގެން މަސައްކަތް ކުރަމުންނެވެ. ޔޫއެސްއޭއައިޑީގެ މަސައްކަތްތަކާ ބެހޭ އިތުރު މައުލޫމާތު ޔޫއެސްއޭއައިޑީގެ ވެބްސައިޓް usaid.gov/Maldives އަށް ޒިޔާރަތްކޮށްލެއްވުމުން އަދި ޓްވިޓާއިން @usaidmaldives ފޮލޯކޮށްލުމުން ލިބިލައްވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް