އިންޑިއާގައި މެޑިކަލް ކިޔަވާ ދަރިވަރަކު ތަކުރާރުކޮށް ފެއިލްވާތީ ކަންފަތުގެ ތެރެއަށް ބްލޫޓޫތު ޑިވައިސް އެއް އިމްޕްލާންޓްކޮށްފިއެވެ.
މިކަން ފަޅާއަރާފައިވަނީ މިދިޔަ މަހުގެ ފަހުކޮޅު އިންޑިއާގެ މެޑިކަލް ކޮލެޖުގެ މަހާތުމާ ގާންދީ މެމޯރިއަލް މެޑިކަލް ކޮލެޖަށް ޓެސްޓް ހަދަން ދިޔަ ދަރިވަރެއްގެ އަމަލުތައް ހުރި ގޮތުން ޝައްކުވެގެން ބެލި ބެލުމުންނެވެ.
އެ ދަރިވަރުގެ ނަން އެ ކޮލެޖުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އެ ކޮލެޖުން ބުނެފައިވަނީ މިހާރު އެކަން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަކަމަށާއި ކުރިއަށްއޮތްތާންގައި މިފަދަ ކަންކަން ދެނެގަތުމަށް މެޓަލް ޑިޓެކްޓާ ފަދަ އާލާތްތައް ހަރުކުރުމަށް ވިސްނަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް