އަންހެނުން ބާރުވެރިކުރުވުމަށާއި ތައުލީމީ ފުރުސަތުތައް ފަހިކޮށްދިނުމަށް ފިނެކާއެކު ބީސީއެމުން އެއްބަސްވުމަކަށް

އަންހެނުން ބާރުވެރިކުރުވުމަށާއި، އަންހެނުންނަށް ތަޢުލީމީ ފުރުޞަތުތައް ފަހިކޮށްދިނުމަށް ޓަކައި ފިނެކް އިންސްޓިޓިއުޓް ފޮރ ޑެވަލޮޕްމަންޓް ސްޓަޑީސްއާއި ބްރިޖިންގ ދަ ކޮމިއުނިޓީސް މޯލްޑިވްސް (ބީސީއެމް)އާ ދެ...

16 Mar 2022 | 08:35

އަންހެނުން ބާރުވެރިކުރުވުމަށާއި، އަންހެނުންނަށް ތަޢުލީމީ ފުރުޞަތުތައް ފަހިކޮށްދިނުމަށް ޓަކައި ފިނެކް އިންސްޓިޓިއުޓް ފޮރ ޑެވަލޮޕްމަންޓް

ސްޓަޑީސްއާއި ބްރިޖިންގ ދަ ކޮމިއުނިޓީސް މޯލްޑިވްސް (ބީސީއެމް)އާ ދެމެދު ފަހުމުނާމާއެއްގައި ރޭ ސޮއިކޮށްފިއެވެ.

2 އަހަރު ދުވަހުގެ މުއްދަތަށް ސޮއިކުރެވުނު މި ފަހުމުނާމާގައި ފިނެކް އިންސްޓިޓިއުޓް ފޮރ ޑެވަލޮޕްމަންޓް ސްޓަޑީސްގެ ފަރާތުން ސޮއިކުރެއްވީ އެކަޑެމިކް ކައުންސިލްގެ ވައިސް ޗެއަރ ފާޠިމަތު މުނާއެވެ. ބީސީއެމްގެ ފަރާތުން ސޮއިކުރެއްވީ ސެކްރެޓަރީ ޖެނެރަލް ފާޠިމަތު ނައުޝާނެވެ.

މި ފަހުމުނާމާގެ ދަށުން ފިނެކް އިންސްޓިޓިއުޓް ފޮރ ޑެވަލޮޕްމަންޓް ސްޓަޑީސްގެ ފަރާތުން ހިންގާ ކޮންމެ ކޯހެއްގައި ބީސީއެމްގެ ފަރާތުން

ބައިވެރިކުރާ 1 އަންހެނަކަށް ހިލޭ ކިޔެވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މީގެ އިތުރުން ބީސީއެމްގެ ފަރާތުން އަންހެނުން ބާރުވެރިކުރުވުމަށް ހިންގާ ހަރަކާތްތަކަށް ފިނެކް އިންސްޓިޓިއުޓް ފޮރ ޑެވަލޮޕްމަންޓް ސްޓަޑީސްއިން ފަންނީ ލަފާއާއި އެހީތެރިކަން ދިނުމަށް މި ފަހުމުނާމާގައި ބަޔާންކުރެއެވެ.

މި   ފަހުމުނާމާގެ   ދަށުން   ފިނެކް   އިންސްޓިޓިއުޓް   ފޮރ   ޑެވަލޮޕްމަންޓް   ސްޓަޑީސްގެ   ފަރާތުން   އަލަށް   ތަޢާރުފުކުރުމަށް   ގަސްދުކުރެވިފައިވާ "ސްޓްރެޓެޖިކް ޖެންޑަރ ޑެވަލޮޕްމަންޓް" ކޯހުގެ މުޤައްރަރު އެކުލަވައިލުމުގައްޔާއި އިޖުތިމާޢީ އެހެނިހެން ކޯސްތައް ފަރުމާކުރުމުގައި ބީސީއެމްގެ ފަރާތުން ފަންނީ އެހީތެރިކަން ދިނުމަށް ހަމަޖެހިފައިވެއެވެ.

އަންހެނުންގެ ޙައްޤުތައް ހޯދައިދިނުމަށާއި އަންހެނުން ބާރުވެރިކުރުވުމުގެ މަޤްޞަދުގައި  14 ޖަނަވަރީ 2022ގައި އިފުތިތާހުކުރެވުނު ބީސީއެމްގެ ފަރާތުން އަންނަނީ ފުޅާ ދާއިރާއެއްގައި ހަރަކާތްތައް ހިންގަމުންނެވެ. އެ ގޮތުން އަންހެނުން ޓެކްނޮލޮޖީއަށާއި ޤާނޫނީ ދާއިރާއަށާއި މީޑިއާގެ ދާއިރާއަށް އަހުލުވެރިކުރުވުމަށް ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން ސެލްފް ޑިފެންސް ކްލާސްތައް ފާހަގަކޮށްލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް