ކުރިޔަށް އޮތް ރޯދަ މަހު މާލެ ސަރަހައްދުގައި ކޯވިޑް ވެކްސިން ޖަހައިދޭނީ އެންމެ ދެ ސެންޓަރުގައި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭއިން ބުނީ ވެކްސިން ޖަހައިދޭނީ ދަރުމަވަންތަ ހޮސްޕިޓަލާއި ހުޅުމާލޭ ހޮސްޕިޓަލްގައި އެކަނި ކަމަށެވެ. އެ ދެ ތަނުން ވެކްސިން ޖަހައިދޭނީ ރޭގަނޑު އެކަންޏެވެ.
އެޗްޕީއޭއިން ބުނީ އެ ދެ ސެންޓަރުގައި ވެކްސިން ދޭނީ ރޭގަނޑު9:00 ން11:00 އަށެވެ.
ރޯދަ މަސް އައުމުގެ ކުރިން ވެކްސިންގެ ބޫސްޓާ ޑޯޒު ޖަހަން ޖެހޭ ފަރާތްތަކުން ވެކްސިން ޖެހުމަށް އިލްތިމާސްކުރެ އެެވެ.
މިދިޔަ އަހަރުގެ ރޯދަ މަހުވެސް ކޯވިޑް ވެކްސިން ދިނުން ކުރިޔަށް ގެންދިޔައީ ރޭގަނޑު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް