އަފްގާނުގައި ވަޅަށް ވެއްޓި މަރުވާ ކުދިން އިތުރުވަނީ

އަފްގާނިސްތާނުގެ ފަރުބަދަމަތީ ސަރަހައްދުތަކުގައި ދިރިއުޅޭ ކުދިންގެ ތެރެއިން ވަޅަށް ވެއްޓި މަރުވާ ކުދިންގެ އަދަދު އިތުރުވާން ފަށައިފި އެވެ. މިކަން ހާމަ ކުރީ އިއްޔެ ވަޅަކަށް ވެއްޓުނު ކުއްޖަކު ސަލާމަތް ކ...

16 Mar 2022 | 08:02

އަފްގާނިސްތާނުގެ ފަރުބަދަމަތީ ސަރަހައްދުތަކުގައި ދިރިއުޅޭ ކުދިންގެ ތެރެއިން ވަޅަށް ވެއްޓި މަރުވާ ކުދިންގެ އަދަދު އިތުރުވާން ފަށައިފި އެވެ.

މިކަން ހާމަ ކުރީ އިއްޔެ ވަޅަކަށް ވެއްޓުނު ކުއްޖަކު ސަލާމަތް ކުރި ހާދިސާ އާއި ގުޅިގެންނެވެ. އަފްގާނިސްތާނުގެ ތޯލިބާން ސަރުކާރުގެ އިންޓީރިއާ މިނިސްޓްރީން ބުނީ ކުޑަކުދިން ވަޅަށް ވެއްޓިގެން ރިޕޯޓު ކުރާވަރު މިދިޔަ ދެ މަހެއްހާ ދުވަހުގެ ތެރޭގައި އިތުރުވެފައިވާ ކަމަށެވެ.

އެ މިނިސްޓްރީން ބުނީ މިދިޔަ މަހު އެކަނިވެސް އަފްގާންގެ ތިން ޕްރޮވިންސަކުން ތިން ކުއްޖަކު ވަޅަށް ވެއްޓި މަރުވެފައިވާ ކަމަށެވެ. އެއީ ހެލްމަންޑް، ކަންދަހާރު އަދި ޒަބޫލް ޕްރޮވިންސުންނެވެ.

މިކަމާއި ގުޅިގެން އެ މިނިސްޓްރީން ވަނީ އެކި ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން ކުޑަކުދިންގެ ރައްކާތެރި ކަމަށް ވަޅުތަކުގެ މަތީގައި އެއްޗެހި އެޅުމަށް އިލްތިމާސްކޮށްފަ އެވެ.

އިއްޔެ ވަޅަކަށް ވެއްޓިގެން ސަލާމަތް ކުރީ އުމުރުން ހަތް އަހަރުގެ ފިރިހެން ކުއްޖެ ކެވެ. އެ ކުއްޖާ ވެއްޓުނީ 80 މީޓަރު ފުން ވަޅަކަށް ކަމަށާއި އޭނާ ސަލާމަތް ކުރީ އެ ސަރަހައްދުގެ އާންމުން ކަމަށްވެ އެވެ.

މިއީ މިމަހުގެ ތެރޭގައި މި ހާދިސާގައި ހިނގި ހެލްމަންޑް ޕްރޮވިންސުން ވަޅަށް ވެއްޓިގެން ކުޑަކުދިން ސަލާމަތް ކުރި ދެ ވަނަ ފަހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް