ބޮލީވުޑްގެ ބަތަލާ ކަރިނާ ކަޕޫރު އަނެއްކާވެސް ރާއްޖެ އަތުވެއްޖެ އެވެ.
މިފަހަރު އޭނާ ރާއްޖެ އައީ ދައްތަ ކަރިޝްމާ ކަޕޫރާއި ދެމީހުންގެ ދަރިންނާއި އެކު އެވެ.
މި ދެ ތަރިން ޗުއްޓީއަށް ރާއްޖެ އައީ މިދިޔަ ހޯމަ ދުވަހު އެވެ. ރާއްޖެއަށް އަންނަން ފުރަން މުމްބާއީ އެއާޕޯޓުގައި ދެ މީހުން އުޅެނިކޮށް ޕަޕަރާޒީން ވަނީ ފޮޓޯ ނަގާފަ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ކަރީނާ އާއި ކަރިޝްމާ ރާއްޖެ އައީ ކަރިނާގެ އަމިއްލަ ޖެޓުގައި އެވެ. އެކަމަކު ދެ ތަރިން ދަރިންނާއި އެކު ޗުއްޓީ ހޭދަ ކުރަމުންދަނީ ކޮން ރިސޯޓެއްގައި ކަމެއް އަދި ނޭނގެ އެވެ.
ޗުއްޓީގެ ތެރެއިން މިހާތަނަށް ކަރީނާ ހިއްސާކޮށްފައިވަނީ އެންމެ ފޮޓޯ އެވެ. ކަރިޝްމާ އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް ޗުއްޓީގެ ވާހަކަ ދައްކާފައެއް ނުވެ އެވެ.
ކަރީނާ އިންސްޓަގްރް ސްޓޯރީއަށް ލީ ފޮޓޯއިން ފެނަނީ އޭނާގެ ދޮށީ ދަރިފުޅު ތައިމޫރު އަލީ ހާން އާއި ކަރިޝްމާގެ ފިރިހެން ދަރިފުޅު ކިއާން ރާޖް ކަޕޫރު ގޮނޑުދޮށުގައި ދުވާ މަންޒަރެވެ. އެ ފޮޓޯގައި ކަރިޝްމާ ޓެގުކޮށް ބުނެފައިވަނީ "ބްރަދާސް" ކަމަށެވެ.
https://www.instagram.com/p/CYQ2DlFLG8A/
ކަރީނާ މިދިޔަ އަހަރުވެސް ދެ ފަހަރު ރާއްޖެ އައިސްފައިވެ އެވެ. އެ ފަހަރު އައީ އޭނާގެ އުފަން ދުވަސް ފާހަގަ ކުރާށާއި ފިރިމީހާ ސައިފް އަލީ ހާންގެ އުފަން ދުވަސް ފާހަގަ ކުރާށެވެ.
ކަރީނާ އެފަހަރު ބުނެފައިވަނީ ރާއްޖެއަކީ އޭނާ އެންމެ ގަޔާވާ ހިތްހަމަ ޖެހޭ މަންޒިލް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް