މާލެއަށް އެރި ވެލާ 96 ބިސް އެޅިކަަމަށް އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.
ދުވަހަށް މައުލޫމާތުދެއްވަމުން އީޕީއޭގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނައީމް ވިދާޅުވީ އެ ވެލާ ޖުމްލަ 96 ބިސް އެޅި ކަމަށާއި އެ ހުރިހާ ބިހެއް މިހާރު ވާނީ ފޯސީޒަން ކުޑަހުރާ ރިސޯޓަށް ގެންގޮސްފައި ކަމަށެވެ.
ދުވަހަށް މައުލޫމާތުދެއްވަމުން ނައީމް ވިދާޅުވީ ބިސްތައް ނެގީ އެ ބިސްތައް ހުރީ ރާޅުއަރާ ފަށުގައި ކަމުން ބިސްތަކަށް ލޮނުގެ އަަސަރުކޮށް ގެއްލުންވެ ބިސްތައް ފީވެ، މޮވުމުގެ ފުރުސަތު ކުޑަވާނެތީ ކަަމަށެވެ.
ބިސްތައް ނަގައިގެން ކުޑަހުރަޔަށް ގެންގޮސްފައިވާއިރު ފޯސީޒަން ކުޑަހުރާއަކީ ވެލާ ބިސް ފީކުރާ ހާއްސަ ހެޗަރީއެއް ހުންނަ ތަނެކެވެ. އެ ތަނުގައި އުފަންވާ ވެލާތައް ވަކިވަރަކަށް ބޮޑު ކުރުމަށްފަހު މޫދަށް ދޫކޮށްލަނީ އެ ރިސޯޓްގައި ހިންގާ ހާއްސަ ޕްރޮގްރާމެއްގެ ދަށުންނެވެ.
https://twitter.com/dhuvasmv/status/1503946488828866563
ވެލާ މާލެއަށް ބިސް މި އެޅީ މާލެއަށް އެރި ތިންވަނަ ފަހަރުގައެވެ. ފުރަތަމަ ފަހަރު މާބޮޑަށް އެކަން ފާހަގަ ނުވި ނަމަވެސް ދެވަނަ ފަހަރު ވެލާ އެރުމުން ފުލުހުން އެ ވެލާ ފައްސައިލީއެވެ. ރޭގައި އެރުމުން އެޗްޕީއޭގެ އެންގުމުގެ ދަށުން ވެލައަށް ހިމާޔަތް ދިނެވެ. ވެލާ ބިސް އެޅީ އެ ހިމާޔަތުގެ ދަށުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް