މެލޭޝިޔާ އަންހެނަކު ވަރުގަދަ ޝަރުތަކާއެކު އޭނާގެ ފިރިމީހާއަށް ލެމްބޮގީނީއެއް ހަދިޔާކޮށްފި

މެލޭޝިޔާ އަންހެނަކު އޭނާގެ ފިރިމީހާއަށް ލެމްބޮގީނީ އެއް ހަދިޔާކޮށްފިއެވެ. އުމުރުން 19 އަހަރުގެ އަނޭސް އަޔޫނީ އޮސްމާން ނަމަކަށްކިޔާ މި އަންހެން މީހާއަކީ މެލޭޝިޔާގެ ކެލަންޓަނުގައި ކޮސްމެޓިކްސް ވިޔަފާރިކ...

16 Mar 2022 | 04:25

މެލޭޝިޔާ އަންހެނަކު އޭނާގެ ފިރިމީހާއަށް ލެމްބޮގީނީ އެއް ހަދިޔާކޮށްފިއެވެ.

އުމުރުން 19 އަހަރުގެ އަނޭސް އަޔޫނީ އޮސްމާން ނަމަކަށްކިޔާ މި އަންހެން މީހާއަކީ މެލޭޝިޔާގެ ކެލަންޓަނުގައި ކޮސްމެޓިކްސް ވިޔަފާރިކުރާ ޒުވާން ވިޔަފާރިވެރިއެކެވެ. އޭނާގެ ފިރިމީހާގެ ނަމަކީ ވެލްޑަން ޒުލްކެފްލީއެވެ.

އަޔޫނީ އޮސްމާން އޭނާގެ ފިރިމީހާއަށް މި ކާރު ހަދިޔާކުރީ ވަރުގަދަ ޝަރުތެއް ކުރުމަށްފަހުގައެވެ. އެ ޝަރުތަކީ ދަރިފުޅު ލިބިމުން ފުރަތަމަ 100 ދުވަހު ވަރަށް ރަނގަޅަށް ދެމައިންގެ ކަންކަން ކޮށްދިނުމެވެ.

https://www.tiktok.com/@ayunieso24/video/7074061973696023834?referer_url=https%3A%2F%2Fwww.asiaone.com%2Fmalaysia%2Fmalaysian-woman-buys-lamborghini-hubby-his-life-will-be-confined-after-she-gives-birth&referer_video_id=7074061973696023834&refer=embed

އާންމުގޮތެއްގައި އަންހެނަކު ވިހެއުމަށްފަހު ގަދަވާނީ 100 ވަރަކަށްދުވަސް ފަހުން ކަމަށް ބައެއް މީހުން ގަބޫލުކުރެއެވެ. އަޔޫނީ އޮސްމާން މިހާރު އިނީ ބަލިވެއެވެ.

އަޔޫނީ އޮސްމާން ބުނެފައިވަނީ ފުރަތަމަ 100 ވަރަކަށް ދުވަހު ވެލްޑަން އުޅޭނީ ނުނިދާ ހޭލާ ކަމަށް ގަބޫލުކުރެވޭކަމަށާއި އޭނާ ވާން އެ ތައްޔާރުވާ ގުރުބާނީތަަކަށް ކުޑަ ހަދިޔާއެއް ދޭން ނިންމީ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް