ޔޫއެސް އެއިޑްގެ ކްލައިމެޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް މޯލްޑިވްސް އިފްތިތާހް ކޮށްފި

ޔޫއެސް އެއިޑްގެ ކްލައިމެޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް މޯލްޑިވްސް މިއަދު އިފްތިތާހް ކޮށްފިއެވެ. މިކަމަށްޓަކައި ބޭއްވުނު ރަސްމިއްޔާތުގައި މިކަން އިފްތިތާހްކޮށް ދެއްވައި ވާހަކަފުޅު ދައްކަވަމުން މިނިސ...

16 Mar 2022 | 04:14

ޔޫއެސް އެއިޑްގެ ކްލައިމެޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް މޯލްޑިވްސް މިއަދު އިފްތިތާހް ކޮށްފިއެވެ.

މިކަމަށްޓަކައި ބޭއްވުނު ރަސްމިއްޔާތުގައި މިކަން އިފްތިތާހްކޮށް ދެއްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް އެންވަޔަރަމެންޓް، ކްލައިމެންޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވީ މި ޕްރޮޖެކްޓަކީ ޒުވާނުންގެ ކިބައިގައި ހުރި ހުނަރާއި ގާބިލިއްޔަތު ކަމާއި އުފެއްދުންތެރިކަމުގެ އިތުރުން މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރުތައް މަދުކުރުމަށް ފަހި ވިސްނުމާއި އިތުރު ހިޔާލުތައް ހިއްސާކުރުމަށް ލިބިގެންދާ އިތުރު ފުރުސަތަކަށް ވެގެންދާނެކަމަށް އުންމީދުކުރައްވާ ކަމަށެވެ.

މީގެ އިތުރުން ޝައުނާ ވިދާޅުވީ ދިވެހިރާއްޖެފަދަ ކުދި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވޭ ޤައުމުތަކަކީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން އެންމެ ފުރަތަމައަށް އަދި އެންމެ ބޮޑަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ގައުމުތައް ކަމަށެވެ.

ޔޫއެސް އެއިޑްގެ ކްލައިމެޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް ދިވެހިރާއްޖޭގައި ކުރިއަށްގެންދިއުމަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ ފަރާތުން ލިބޭނެކަމުގެ ޔަޤީންކަންވެސް މިނިސްޓަރ ޝައުނާ ދެެއްވިއެވެ.

މި ޕްރޮޖެކްޓްގެ މުހިއްމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ދިވެހިރާއްޖެ މޫސުމީ ބަދަލުތަކާއި ކުރިމަތިލާއިރު، މި ޕްރޮޖެކްޓަކީ އެކަމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް މަދުކުރުމަށް ލިބޭ އަގުހުރި ފައިދާކުރުވަނިވި ޕްރޮޖެކްޓެއް ކަމާއިމެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް