އެސްޓީއޯގެ ސުޕާމާޓް ބޮޑު ބަދަލުތަކާއި އެކު އަލުން ހުޅުވައިފި އެވެ.
ރާއްޖެއަށް މުޅިން އާ ކޮންސެޕްޓެއް ކަމަށްވާ ތަފާތި ވިޔަފާރިތަކަށް ފުރުސަތު ލިބޭގޮތަށް އެސްޓީއޯ ޕީޕަލްސް ޗޮއިސް އަލުން ހުޅުވީ ރެ ބޭއްވި ކުލަ ގަދަ ރަސްމިއްޔާތެއްގައި އެވެ.
ރަސްމީކޮށް އެ ތަން ހުޅުވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އަދި އެ ފިހާރައިގައި މުދާ ވިއްކާ ކުންފުނިތަކުގެ އިސްބޭފުޅުންނެވެ.
އަލަށް ގެނައި ބަދަލާއި އެކު އެސްޓީއޯއިން ވިއްކާ މުދަލުގެ އިތުރުން އެ ކުންފުންޏާއި އެކު ޕާޓްނާޝިޕް ހަދާފައިވާ އަށް ކުންފުންޏެއްގެ މުދާ ވިއްކަ އެވެ. އެ ފިހާރަތަކަށް ހާއްސަކޮށް އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ވަނީ ސަރަހައްދުތަކެއް ކަނޑައަޅާފައި އެވެ.
އެސްޓީއޯއިން ބުނީ މިހާރު ފިހާރައިގެ ޖާގަ ތިން ގުނަ ބޮޑުވާނެ ކަމަށެވެ.
އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި މިހާރު ހުޅުވާފައިވާ އަމިއްލަ ވިޔަފާރިތަކުގެ ތެރޭގައި ސިޓީ ބޭކަރީ އާއި ނޯޓް ކޮސްމެޓިކްސް އާއި ޕީކަބޫ އާއި މެކްސްކޮމް ޓެކްނޮލޮޖީސް އާއި ދަ މެރެތޮން ޝޮޕާއި އަސްރަފީ އާއި ޕޮއިސް އަދި މަޑިހާ ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް