މާލޭ ބުރިޖް ކައިރިއަށް ރޭ އެރި ވެލާ ބިސް އަޅައިފިއެވެ.
ރޭ ދަންވަރު ވެލާ ވިސް އަޅާ އަލުން މޫދަށް ވަނީ ފައިބައިގެން ގޮސްފައެވެ. ވެލާ އެއްގަމުގައި އޮތް ހުރިހާ ވަގުތެއްގައި ފުލުހުން ވަނީ އޭގެ ކައިރިޔަށް އާންމުންނަށް ކައިރި ނުވެވޭނެހެން އެ ސަރަހައްދު ބަންދުކޮށް އެޔަށް ފުރިހަމަ ހިމާޔަތް ދީފައެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވެލާ ބިސް އަޅައިގެން އޮތް ފޮޓޯ ތަކެއް ވަނީ ހިއްސާކޮށްފައެވެ. އެ ފޮޓޯގައި ގިނަ އަދަދެއްގެ ބިސް ފެންނަން ހުއްޓެވެ.
މައުލޫމާތު ލިބޭގޮތުން ވެލާ އެޅި ބިސްތައް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ބެލުމުގެ ދަށުން ހެޗަރީއަކަށް ގެންގޮސް ބިސް ފީ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މާލެ އަށް މިދިޔަ މަސްތެރޭގައި ވެސް ވަނީ ވެލައެއް އަރާފައެވެ. އެ ވެލާވެސް އަރާފައިވަނީ ރޭ ވެލާ އެރި ސަރަހައްދަށްށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް