ލޯކަލް ކައިންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ތާއީދު ކުރައްވަނީ މުއިއްޒު އަށް ކަން އިއުލާނު ކުރުން އެންމެ ރަނގަޅު ކަމަށް މުއިއްޒު ކައިރީގައި އުމަރު ޒާހިރު ވިދާޅުވި ކަމަށް މުއިއްޒު ބުނެފިއެވެ.
އެކަން ހާމަކޮށް މުއިއްޒު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ އެކަމަށްޓަކައި އުމަރު ޒާހިރު އަށް ހިތުގެ އިޚުލާސްތެރި ޝުކުރު ދަންނަވާ ކަަމަށެވެ.
https://twitter.com/MMuizzu/status/1371872060666826753
މީގެ ކުރިން ބައެއް ފަރާތްތަކުން ވަނީ މުއިއްޒުއަށް ތާއީދު ކުރާ ކަމަށް އިއުލާނު ކޮށްފައެވެ. އޭގެ ތެރޭގައި ރުކުމާ އަދި ދުންޔާ ހިމެނެއެވެ.
"މާލޭގެ މޭޔަރ ކަމަށް ކުރިމަތި ލައްވާފައިވާ ފަރާތްތަކުގެ ތެރެއަން، ޑރ. މުއިއްޒަކީ، މާލޭގެ ރައްޔިތުންގެ ކަނބޮޑުވުންތަކާއި އިހުސާސްތައް އަޑުއަހައި، ސަރުކާރުގެ ޕަޕެޓަކަށް ނުވާނެ ކަމުގެ ޔަޤީންކަން އޮތް، ބޯހިޔާވަހިކަމުގެ ހައްޤު ހޯދައިދިނުމަށް މަސައްކަތް ކުރާނެ ޤާބިލް ހާދިމެކެވެ." ދުންޔާ ވިދާޅުވެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް