ކެލާގައި 200 އެނދުގެ ހޮޓަލެއް ތަރައްގީ ކުރުމަށް ފިޑޯ އާ ހަވާލުކޮށްފި

ހއ. ކެލާގައި 200 އެނދުގެ ހޮޓަލެއް ތަރައްގީކުރުމަށް ފިޑޯ ޕްރައިވެޓް ލިމިޓެޑާ، ޓޫރިޒަމް މިނިސްޓްރީން މިއަދު ހަވާލުކޮށްފިއެވެ. މި ޕްރޮޖެކްޓް ފިޑޯއާ ހަވާލުކޮށްފައިވަނީ މިކަމަށްޓަކައި ޓުއަރިޒަމް މިނިސްޓްރީ...

16 Mar 2021 | 16:38

ހއ. ކެލާގައި 200 އެނދުގެ ހޮޓަލެއް ތަރައްގީކުރުމަށް ފިޑޯ ޕްރައިވެޓް ލިމިޓެޑާ، ޓޫރިޒަމް މިނިސްޓްރީން މިއަދު ހަވާލުކޮށްފިއެވެ.

މި ޕްރޮޖެކްޓް ފިޑޯއާ ހަވާލުކޮށްފައިވަނީ މިކަމަށްޓަކައި ޓުއަރިޒަމް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި މަސައްކަތަކީ ޢަމަލީ މަސައްކަތް ފަށާތާ 30 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް ހަވާލުކުރި މަޝްރޫއެކެވެ.

އެކުންފުނިން ބުނެފައިވަނީ އެއްބަސްވުމުގައި ސޮއިކުރެވިގެން ދިއުމާއެކު ޢަމަލީ މަސައްކަތް ފެށުމުގެ ކުރިން ހަދަންޖެހޭ ލޭންޑް ސާވޭކުރުމާއި، ކުރެހުމާއި އީއައިއޭގެ މަސައްކަތް ކުރާނެ ކަމަށާއި ޕްރިލިމިނަރީ މަސައްކަތް ހައެއްކަ މަސްދުވަސް ތެރޭގައި ނިންމާ، ޢަމަލީ މަސައްކަތް ފެށޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

200 އެނދުގެ މި ހޮޓަލަކީ ރިސޯޓެއްގެ ފެންވަރަށް ހިދުމަތް ލިބޭނޭހެން ތަރައްގީ ކުރެވިގެންދާނެ ތަނެކެވެ. މި ހޮޓަލުގައި ވޯޓާ ސްޕޯޓްސް އއި ޑައިވް ހިދުމަތުގެ އިތުރުން ރެސްޓޯރެންޓްގެ ހިދުމަތްވެސް ތަރައްގީ ކުރާނެއެވެ. މީގެ އިތުރުން މި ހޮޓަލުގައި 100 އެނދު ހިމެނޭހެން މޫދު ކޮޓަރިވެސް ތައރައްގީކުރާނެއެވެ.

800،000 އަކަފޫޓުގެ ސަރަހައްދެއްގައި، ކެލާގައި ޓޫރިސްޓް ހޮޓަލެއް ގާއިމްކުރުމަށް ހުޅުވާލީ މިދިޔަ އަހަރުގެ ފަހުކޮޅުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް