ޕްރިންސް ފިލިޕް ހޮސްލިޓަލުން ދޫކޮށްލައިފި

ކުއީން އެލިޒަބަތްII ގެ ފިރިކަލުން ޕްރިންސް ފިލިޕް ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ. އެއް މަހަށް ފަހު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ޕްރިންސް ފިލިޕް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި ވަނީ ފެބްރުއަރީ 16 ވަނަ ދ...

16 Mar 2021 | 12:28

ކުއީން އެލިޒަބަތްII ގެ ފިރިކަލުން ޕްރިންސް ފިލިޕް ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ. އެއް މަހަށް ފަހު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ޕްރިންސް ފިލިޕް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި ވަނީ ފެބްރުއަރީ 16 ވަނަ ދުވަހުއެވެ.

ފިލިޕް ހޮސްޕިޓަލުން ދޫކޮށްލުމުން އަމިއްލަފުޅަށް ހިންގަވާފައި ހޮސްޕިޓަލުން ނުކުމެ، ކާރަށް އަރާފައިވާތަނުން ފޮޓޯގްރާފަރުން ވަނީ ފޮޓޯ ނަގާފައެވެ.

ޕްރިންސް ފިލިޕް އަށް މިހާރު 99 އަހަރުފުޅު ވެއްޖެއެވެ. މިއަހަރުގެ ޖޫން މަހު ފިލިޕް އަށް100 އަހަރު ފުރޭނެއެވެ.

ބޭރުގެ ބައެއް މީޑިޔާތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި ފިލިޕް އަށް ކޮވިޑް ޖެހިފައެއް ނުވެއެވެ. ފިލިޕް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި ވަނީ ޖަރާސީމެއްގެ ސަބަބުންނެވެ.

އެލިޒަބަތް އާއި ފިލިޕް ވެސް ޖެނުއަރީ މަހު ވަނީ ވެކްސިން ޖައްސަވާފައެވެ.

ޕްރިންސް ފިލިޕް ގެ ސިއްހީ ހާލުކޮޅާ މެދު ނުވަތަ ހޮސްޕިޓަލުން ދޫކޮށްލި ކަމާ މެދު ބެކިންގްހަމް ޕެލެސް އިން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން އިންޓަވިއުއެއް ދެއްވައި، މުޅި ޝާހީ އާއިލާއަށް ސިހުމެއް ގެނުވި އިރު ޕްރިންސް ފިލިޕް އޮންނެވީ ހޮސްޕިޓަލުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް