މިއަންނަ އެޕްރީލް މަހުގެ 25 ވަނަ ދުވަހު ބާއްވާ އޮސްކާ އެވޯޑަށް ނޮމިނޭޓްވެފާވާ ފަރާތްތައް ހޯމަ ދުވަހު އިއުލާންކޮށްފިއެވެ. ނޮމިނޭޓްވީފަރާތްތައް މިފަހަރު އިއުލާން ކޮށްދީފައިވަނީ ބޮލީވުޑް އަދި ހޮލީވުޑް އެއްމެގިނަ މީހުންގެ ލޯބި ހޯދާފައިވާ ބަތަލާ ޕްރިޔަންކާ ޗޯޕްރާއާއި، އޭނާގެ ފިރިމީހާ މަޝްހޫރު ލަވަކިޔުންތެރިޔާ ނިކް ޖޯނަސް އެވެ.
މިގޮތުން މިފަހަރު މި ލިސްޓުގެ އެއްވަނާގައި އުޅެނީ ސްޓްރީމް ކުރި ފިލްމުތައް ކަމަށްވާ "މެންކް" އަދި "ދަ ޓްރަޔަލް އޮފް ދަ ޝިކާގޯ 7" އަދި "ނޯމަޑްލޭންޑް" އެވެ.
އަދި "ވަން ނައިޓް އިން މަޔާމީ" އާއި "ސައުންޑް އޮފް މެޓަލް" ވެސް އޮސްކާގެ އެކި ކެޓަގަރީތަކަށް ނޮމިނޭޓް ވެފައި ވެއެވެ.މީ އެމެޒޯން ޕްރައިމް އިން ސްޓްރީމް ކުރި ދެ ފިލްމެވެ..
މިފަހަރު އޮސްކާ ނޮމިނޭޝަންސްގެ ތެރެއިން "ބެސްޓް ޕިކްޗާ" އަށް ވާދަކުރާ ފިލްމު ތަކަކީ
- ދަ ފާދާ
- ޖޫޑާސް އެންޑް ދަ ބްލެކް މަސާޔާ
- މެންކް
- މިނާރީ
- ނޯމޭޑްލޭންޑް
- ޕްރޮމިސިން ޔަންގް ވުމަން
- ސައުންޑް އޮފް މެޓަލް އަދި ދަ ޓްރަޔަލް އޮފް ޝިކާގޯ 7 އެވެ..އަދި އެންމެ މޮޅު ޑައިރެކްޓަރުގެ ކެޓަގްރީން ވާދަކުރަނީ
- ތޯމަސް ވިންޓަބާގް (އަނަދަ ރައުންޑް)
- ޑޭވިޑް ފިންޗާ (މެންކް)
- ލީ އައިޒާކް ޗަންގް (މިނާރީ)
- ކްލޯ ޒޯ (ނޯމެޑްލެންޑް)،
- އަދި އެމެރަލްޑް ފެނެލް (ދަ ޕްރޮމިސިން ޔަންގް ވުމަން) އެވެ.އެންމެ މޮޅު އެކްޓަރުގެ ކެޓަގަރީން ނޮމިނޭޓް ވެފައިވަނީ
- ރިޒް އަހުމަދު (ސައުންޑް އޮފް މެޓަލް)،
- ޗަޑްވިކް ބޯސްމަން (މާ ރެއިނީޒް ބްލެކް ބޮޓަމް)،
- އެންތަނީ ހޮޕްކިންގްސް (ދަ ފާދާ)،
- ގެރީ އޯލްޑްމަން (މެންކް)،
- އެންޑްރާ ޑޭ (ދަ ޔުނައިޓެޑް ސްޓޭޓްސް ވާސަސް ބިލީ ހޮލިޑޭ)،
- ވެނޭސާ ކާބީ (ޕީސަސް އޮފް އަ ވުމަން)،
- ފްރާންސަސް މެކްޑޯމަންޑް (ނޯމޭޑްލެންޑް)،
- ކެރީ މުލިންގަން (ދަ ޕްރޮމިސިން ޔަންގް ވުމަން) އެވެ.
- ސްޓީވަން ޔަން (މިނާރީ)
- ވައޯލާ ޑޭވިސް (މާ ރެއިނީޒް ބްލެކް ބޮޓަމް)،
މުޅިދުނިޔެއަށް ދިމާވެފައިވާ ކޮވިޑް-19 ގެ ސަބަބުން އޮސްކާ އެވޯޑް ދިނުން ވެސްމި ވަނީ ވަރަށް ބޮޑުތަން ލަސްވެގެން ގޮސްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް