ކަރަންޓީންގައި ހުރި މީހަކާ ކޮންޓެކްޓްވި ފަރާތްތަކެއް ފައްސިވެ، ތޮއްޑޫ މޮނިޓަރިންގ އަށް

އއ. ތޮއްޑޫ ހޯމް ކަރަންޓީންގައި ހުރި މީހަކާ ޑައިރެކްޓް ކޮންޓެކްޓް ވެ، އެރަށަށް އަރައިފޭބުން މަނާކޮށްފި އެވެ. ތޮއްޑޫ ގައި ހޯމް ކަރަންޓީނުގައި ހުރި މީހަކާ ޑައިރެކްޓް ކޮންޓެކްޓްވެ، ފައްސިވެފައި ވަނީ އިތުރ...

16 Mar 2021 | 11:06

އއ. ތޮއްޑޫ ހޯމް ކަރަންޓީންގައި ހުރި މީހަކާ ޑައިރެކްޓް ކޮންޓެކްޓް ވެ، އެރަށަށް އަރައިފޭބުން މަނާކޮށްފި އެވެ.

ތޮއްޑޫ ގައި ހޯމް ކަރަންޓީނުގައި ހުރި މީހަކާ ޑައިރެކްޓް ކޮންޓެކްޓްވެ، ފައްސިވެފައި ވަނީ އިތުރު ހަތަރު މީހުންނެވެ. އެހެންކަމުން މިހާރު އެރަށް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.

ތޮައްޑޫ މޮނީޓަރިންގއަށް ލާފައި ވަނީ އެރަށަށް ބަލި ފެތުރިފައިވޭ ތޯ ބެލުމަށާއި، އެ ވޭދަނަ ތަހުގީގު ކުރުމަށް ކަމަށް ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެއެވެ.

މިހާރު އެރަށުގައި ފައްސިވި މީހުންގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތާއި ކޭސް އިންވެސްޓިގޭޓް ކުރުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ.

ރާއްޖެއިން ކޮވިޑަށް ފައްސިވި  ޖުމްލަ އަދަދު ވަނީ 21،666 އަށް އަރާފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދަކީ 2350 އެވެ. އެޑްމިޓް ކޮށްގެން 127 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ.

ކޮވިޑުގައި ރާއްޖެއިން މިހާތަނަށް 64 މީހަކު ދުނިޔެ ދޫކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް