ޕާކްކޮށްފައިހުރި ސައިކަލެއްގެ މަޑިދަށުން، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހިތަކެއް ހޯދައިފި

ހުޅުމާލޭގައި ޕާކްކޮށްފައިހުރި ސައިކަލެއް ބަލައިފާސްކޮށް ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ފުލުހުން ބުނެފައި ވަނީ، މިމަހުގެ 15 ވަނަ ދުވަހު ފުލުހުންނަށް ލި...

16 Mar 2021 | 07:46

ހުޅުމާލޭގައި ޕާކްކޮށްފައިހުރި ސައިކަލެއް ބަލައިފާސްކޮށް ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ބުނެފައި ވަނީ، މިމަހުގެ 15 ވަނަ ދުވަހު ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމާލެ ފްލެޓް 53 ކައިރީގައި ޕާކްކޮށްފައިހުރި ސައިކަލެއް ބަލައިފާސްކޮށްފައި ވާނެ ކަމަށެވެ.

ސައިކަލް ބަލައިފާސްކުރި އިރު، ސައިކަލް މަޑިދަށުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ގިނަ އަދަދެއްގެ ތަކެތި ފެނިފައި ވާ ކަމަށް ފުލުހުން ބުނެއެވެ.

އެގޮތުން، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 30 ސެލޯފިންކޮޅާއި ރަބަރު ޕެކެޓަކާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި 15 ދަޅާއި ޖޫސްޕެޓީ ކޮތަޅެއްގެ އިތުރުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބޮޑު ރަބަރު ޕެކެޓެއް ފެނިފައި ވާ ކަމަށް ފުލުހުން ބުނެއެވެ.

މިމައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާއިރު މިމައްސަލަ ހުޅުމާލެ ޕޮލިސްއިން ތަހުގީގު ކުރަމުން ދާ ކަމަށް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް