ކޮވިޑް-19 އެންމެ ގިނައިން ފެތުރެނީ ރެސްޓޯރެންޓުތަކުން ކަމަށް ބުނެ ގެނައި ބަދަލުތަކުގެ ސަބަބުން ގިނަ ރެސްޓޯރެންޓުތައް ހިންގަނީ ގެއްލުމުގައި ކަމަށާ އެހެން ކަމުން އެކަން ހައްލު ކުރުމުގެ ގޮތުން ކެފޭ އަދި ރެސްޓޯރެންތައް ބަންދުކޮށް ހަޅުތާލު ކުރަން ނިންމާފައިވާ ކަމަށް ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ރެމް) އިން މިއަދު ބުނެފިއެވެ. .
އެގޮތުން މިހާރު ވެސް ގިނަ ތަންތަން ހިންގަނީ ގެއްލުމުގައި ކަމަށާއި، އަދި ރެމުން ބޭނުންވަނީ މިކަންތައްތައް ހައްލުކޮށް ސަރުކާރުން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅައިދިނުމަށް ކަމަށް ރެސްޓޯރެންޓް އެސޯސިއޭޝަން ގެ ފައުންޑަރ މެންބަރު ނުޒައިރު ވަނީ ވިދާޅުވެފައެވެ. މާލޭގައި އެންމެ ފުޅާ ދާއިރާއެއްގައި މި ހިދުމަތްދޭ ރެސްޓޯރެންޓަކަށް ވެސް މިހާތަނަށް 9 މިލިއަން ރުފިޔާގެ ގެއްލުން ވަނީ ލިބިފައި ކަމަށް ވެސް އެބޭފުޅާ ވިދާޅުވިއެވެ.
ރެސްޓޯރެންޓުތަކުގައި ރޭގަނޑު ޑައިނިންގެ ހިދުމަތް ދިނުން މަނާކުރި ނަމަވެސް ރޭގަނޑު 10:30 ވަންދެން ޑެލިވަރީގެ ހިދުމަތް ދެ އެވެ. މި ހިދުމަތް ދިނުމަށް ކޮންމެ ރެސްޓޯރެންޓަށް ގިނަވެގެން ދެނީ ދެ ފާސް ކަމަށް ނުޒައިރު ވިދާޅުވިއެވެ. އެހެންވުމުން އެ ހިދުމަތް ވެސް އެންމެ ފުރިހަމައަށް ނުދެވޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ރެސްޓޯރެންޓުތަކަށް ދިމާވެފައިވާ ދަތިތަކާ ގުޅިގެން ރެމުން ވަނީ ސަރުކާރުގެ އިސްވެރިނާވެސް ބައްދަލުކޮށްފާ ކަމަށާއި، ނަމަވެސް އެއްވެސް ހައްލެއްލިބިފައި ނުވާކަމަށް ރެންމުން ވަނީ ވިދާޅުވެފައެވެ. އެކަމަކު، ހަޅުތާލަށް ފަށަން ނިންމާފައިވާ ދުވަހެއް އަދި ހާމައެއް ނުކުރެ އެވެ.
ކޮވިޑް-19ގެ ސަބަބުން އެޗްޕީއޭ އިން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ރޭގަނޑު 8:00 ގެ ފަހުން ކެފޭ އަދި ރެސްޓޯރަންޓުތަކުގައި ތިބެގެން ކެއުންބުއިމުގެ ޚިދުމަތް ދިނުން ވަނީ މަނާކޮށްފަ އެވެ. މީގެ ސަބަބުން ރެސްޓޯރެންޓުތަކަށް ވަރަށް ބޮޑަށް ގެއްލުންވާ ކަމަށް އެ ވިޔަފާރި ކުރާ މީހުން ދަނީ ބުނަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް