ރޯމަންގެ ބިޓެއް ހުރޭތަ؟

އިންސްޓަގްރާމްގައި ރޯމަން އޭނާގެ ސަޕޯޓަރުންނަށް ހުޅުވާލި 'ސުވާލެއް ކޮށްލާ ކަހަލަ އެއްނު' ފުރުސަތުގައި ބައެއް މީހުން އޭނާއާ ވަރަށް ތަފާތު ސުވާލު ކޮށްފައި ވެއެވެ. އެގޮތުން ބިޓެއް ހުރޭތޯ އާއި، ހުރިނަމަ ދ...

16 Mar 2021 | 07:19

އިންސްޓަގްރާމްގައި ރޯމަން އޭނާގެ ސަޕޯޓަރުންނަށް ހުޅުވާލި 'ސުވާލެއް ކޮށްލާ ކަހަލަ އެއްނު' ފުރުސަތުގައި ބައެއް މީހުން އޭނާއާ ވަރަށް ތަފާތު ސުވާލު ކޮށްފައި ވެއެވެ.

އެގޮތުން ބިޓެއް ހުރޭތޯ އާއި، ހުރިނަމަ ދައްކާލުމަށް މީހަކު އެދިފައި ވާއިރު، ކައިވެނި ކުރަނީ ކޮންއިރަކު ތޯ ވެސް މީހުން އަހާފައި ވެއެވެ. ރޯމަން ބުނެފައި ވަނީ ބިޓެއް ނުހުންނަ ކަމަށާއި، ހުރިނަމަ ޔަގީނުން ވެސް ދައްކާލާނެ ކަމަށެވެ. އަދި ކައިވެނި އެއީ މާ ފަހުގެ ކަމެއް ކަމަށް ރޯމަން ބުނެފައި ވެއެވެ.

މީގެ ދެ ދުވަހެއް ކުރިން ދިވެހި ފިލްމް އިންޑަސްޓްރީގެ 'ކުއީންސް' އާއެކު ރޯމަން ވަނީ ޓިކްޓޮކް ވީޑިއޯއެއް ބެލުންތެރިންނަށް ދައްކާލާފައެވެ. އަދި އެ ޚަބަރުން މުޅި މީސްމީޑިއާ ފުރާލިއެވެ. އެކަމާ ގުޅުވައިގެން މީހަކު އަހާފައި ވަނީ، ފިލްމް އިންޑަސްޓްރީގެ 'ކުއީންސް' އާ ދިމާވުމުން ކުރެވުނީ ކޮން ކަހަލަ އިހުސާސްއެއް ތޯ އަހާފައެވެ.

އެ ސުވާލަށް ކުރުކޮށް ފޮނިކޮށް ޖަވާބު ދެމުން ރޯމަން ބުނެފައި ވަނީ ވަރަށް އުފާވެރި އިހުސާސް އެއް ކުރެވުނު ކަމަށެވެ.

އަދި ވަލީދާ އާއި ސުނީތާ އާއެކު ޓިކްޓޮކް އެއް ހެދުމުގެ ވިސްނުން ގެންގުޅެން ތޯ އެހުމުން ރޯމަން ބުނެފައި ވަނީ އެކަމާ ނުވިސްނާ ކަމަށެވެ.

ޔޫއްޕެ އަކީ ދާއިރާގައި ހުރި އެންމެ މަލްޓި-ޓާސް ސްޓާ، ޑައިރެކްޝަން އެކްޓަރ އަދި އެވޯޑް ވިނަރ އެއް ކަމަށް ގަބޫލު ކުރަންތޯ އެހުމުން ރޯމަން ބުނީ އެއަށް އެއްޗެއް ބުނަން ނޭނގޭ ކަމަށެވެ.

އަދި ޝޭމްޕޫއަށް ދިވެހިން ކިޔާ ނަން މީހަކު އަހާފައި ވާއިރު ރޯމަން ގެ ޖަވާބަކަށް ވީ، އެއީ ޞާދުބެ ކައިރީ އަހާ ކަަހަލަ ސުވާލެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް