ސައިކަލެއް ވަގަށް ނެގި މައްސަލައަކާ ގުޅިގެން ތިން މީހަކު ހޯދަނީ

ސައިކަލެއް ވަގަށް ނެގި މައްސަލައަކާ ގުޅިގެން ތިން މީހަކު ހޯދުމަށް ފުލުހުން އާއްމުކޮށްފިއެވެ. ވީޑިއޯއިން ފެންނަ ގޮތުގައި މި ތިން މީހުންގެ ތެރެއިން ދެ މީހުން އެއްވަރެއްގައި ދުއްވާފައި ދާއިރު، ތިންވަނަ މ...

16 Mar 2021 | 06:23

ސައިކަލެއް ވަގަށް ނެގި މައްސަލައަކާ ގުޅިގެން ތިން މީހަކު ހޯދުމަށް ފުލުހުން އާއްމުކޮށްފިއެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި މި ތިން މީހުންގެ ތެރެއިން ދެ މީހުން އެއްވަރެއްގައި ދުއްވާފައި ދާއިރު، ތިންވަނަ މީހާ ފަހަތުން ދުއްވާފައި ދެއެވެ.

މިތިން މީހުން މަޖީދީ މަގުން ދުއްވާފައި ދާ ތަން ވެސް ވީޑިއޯއިން ފެނެއެވެ.

https://twitter.com/PoliceMv/status/1371699364293320705

މި ވީޑިއޯ އާއްމުކުރަމުން ފުލުހުންބުނެފައި ވަނީ، ވީޑިއޯއިން ފެންނަ މީހުންނަކީ ސައިކަލެއް ވަގަށް ނެގިކަމުގެ މައްސަލައަކާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ ތިން މީހުން ކަމަށެވެ.

ވައްކަމުގެ މައްސަލަތައް މި ދުވަސްވަރު މިވަނީ އިތުރު ވާން ފަށާފައެވެ. އެގޮތުން ފިހާރައަކުން ވައްކަން ކުރި މީހެއް ހޯދުމަށް އިއްޔެ ފުލުހުން އާއްމު ކޮއްފައި ވާއިރު، ފަތަހަ ސްޓާ ފަޅާލައި، ވައްކަން ކޮށްފައި ވަނީ ވެސް އިއްޔެއެވެ.

މީގެ އިތުރުން، ބައިސްކަލާއި ފޯނު އަދި ފައިސާ ފަދަ ތަކެތި ވަކަށް ނެގުމުގެ މައްސަލަ ތަކަކާ ގުޅިގެން ފުލުހުން ވީޑިއޯ އާއި ފޮޓޯ އާއްމު ކޮށްފައި ވެއެވެ.

ފުލުހުންވެ ވީޑިއޯގައި އެދިފައިި ވަނީ މި މީހުނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައި ވާނަދމަ، ފުލުހުންނަށް އެކަން ހިއްސާކޮށް ދިނުމަށެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން  ލިބޭ އެއްބާރުލުން ފާހަގަކޮށް، ފުލުހުން ވަނީ ރައްޔިތުންނަށް ޝުކުރު ދަންނަވާފައެވެ.

ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރ :9631696

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް