ރޯދަމަހާ ދިމާކޮށް ޚާއްސަ އަގުތަކެއްގައި ރެޑްވޭވުން ބިސް، ފިޔާ، އަލުވި ވިއްކަނީ

ރޯދަމަހަކީ އެހެން މަސްމަހާ ޚިލާފަށް ކާބޯތަކެތި ގިނައިން ގަންނަންޖެހޭ މަހެކެވެ. ގިނަ ގޭބިސީތަކުން ގަނޑުކޮށް ފިޔާ އަދި ބިސް ފަދަ ތަކެތި ގަންނައިރު ޢާންމުގޮތެއްގައި ރޯދައާ ދިމާކޮށް މިތަކެތީގެ އަގުވެސް ބޮ...

16 Mar 2021 | 05:54

ރޯދަމަހަކީ އެހެން މަސްމަހާ ޚިލާފަށް ކާބޯތަކެތި ގިނައިން ގަންނަންޖެހޭ މަހެކެވެ. ގިނަ ގޭބިސީތަކުން ގަނޑުކޮށް ފިޔާ އަދި ބިސް ފަދަ ތަކެތި ގަންނައިރު ޢާންމުގޮތެއްގައި ރޯދައާ ދިމާކޮށް މިތަކެތީގެ އަގުވެސް ބޮޑުވާކަން ފާހަގަކުރެވެއެވެ.

އެހެންނަމަވެސް ރެޑްވޭވުން މިވަނީ ޚާއްސަ އަގުތަކެއްގައި ބިސް، ފިޔާ އަދި އަލުވި ވިއްކުމުގެ މަސައްކަތް ފަށައިފައެވެ. މިހާރުވެސް ބިހުގެ އަގުވަނީ 1.50ރ އަށް ބަދަލުކޮށްފައެވެ.

އަދި މިޔާއިއެކު، ފިޔާ އަދި އަލުވީގެ އާޝިޕްމަންޓެއް ލިބުމާއިއެކު، ވަރަށް ބޮޑުތަނުން އަގުހެޔޮ ކުރާނެކަމުގައި ރެޑްވޭވްއިން މައުލޫމާތު ދެއްވައެވެ. މިކަން ރޯދަމަސް ނިމެންދެން ކުރިއަށްދާނެކަމުގައި ރެޑްވޭވްއިން މައުލޫމާތު ދެއްވައެވެ.

ކޮވިޑްގެ ބަލިމަޑުކަމުގައި އިގްތިޞާދަށް އައިސްފައިވާ ހީނަރުކަމާއެކުވެސް ރެޑްވޭވުގެ އަމާޒަކީ ޒަރޫރީ ކާބޯތަކެތި އެންމެ ހެޔޮއަގުގައި ކަސްޓަމަރުންނަށް ފޯރުކޮށްދިނުންކަން ރެޑްވޭވުން ފާހަގަކުރެއެވެ.

މީގެ އިތުރުންވެސް ރޯދަމަހާ ދިމާކޮށް ހައިސެންސް އަދި ޝާރޕް ބްރޭންޑުގެ  އިލެކްޓްރޯނިކްސްގެ އިތުރުން ރޯދައަށް ހާއްސަ ގިނަ އައިޓަމްތަކެއް ވަރަށް ހެޔޮއަގުގައި ލިބިގެންދާނެކަމުގައި ރެޑްވޭވް އިން މައުލޫމާތުދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް