ޅައިމަގު ބަނދަރަށް އަލަށް އިތުރު ކުރެވޭ ސަރަހައްދުގެ %78 ފުންކޮށް ނިމިއްޖެ

ށ. ޅައިމަގު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ ދަށުން، ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަޙައްދު ފުންކުރުމުގެ މަސައްކަތުގެ %78 ނިމިފައި ވާ ކަމަށް އެމްޓީސީސީއިން ބުނެފިއެވެ. ޅައިމަގު ބޭރު...

16 Mar 2021 | 05:41

ށ. ޅައިމަގު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ ދަށުން، ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަޙައްދު ފުންކުރުމުގެ މަސައްކަތުގެ %78 ނިމިފައި ވާ ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.

ޅައިމަގު ބޭރުތޮށި ލުމަށްޓަކައި ބޮޑުހިލައިގެ ފުރަތަމަ ޝިޕްމެންޓް  2021 މާރޗް 13 ވަނަ ދުވަހު، ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައި ވާ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

ޅައިމަގު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ހަލުވިމިނެއްގައި ކުރިއަށް ދާއިރު،  މި މަޝްރޫޢުގެ ދަށުން 276 މީޓަރުގެ ސަރަޙައްދެއްގެ އެއްގަމުތޮށި ލުމާއި، 1،380 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނެއެވެ.

މި މަޝްރޫޢުގެ ދަށުން، 31،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކޮށް، 350 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލާނެއެވެ.

ޅައިމަގުގައި ރިވެޓްމެންޓް ޖަހަން ހަމަޖެހިފައި ވަނީ 500 މީޓަރުގެ ސަރަޙައްދެއްގައެވެ. މީގެ އިތުރުން ނެރު ބައްތި ހަރުކޮށް މަގުބައްތި ހަރުކުރުމަކީ ވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މިކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 56.3 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް