ސްޕެނިޝް ލީގުގައި ރޭ ހުއެސްކާއާއި ދެކޮޅަށް ކުޅުނު މެޗުން ފަސޭހަކާއި އެކު ބާސެލޯނާ މޮޅުވެއްޖެއެވެ.
ރޭ ގެ މި މެޗުން ހުއެސްކާ އަތުން ބާސެލޯނާ މޮޅުވީ 1-4 ގެ ނަތީޖާއިންނެވެ.
ރޭގެ މެޗުގައި މެސީގެ ފަރާތުން ދެ ލަނޑު ފެނިގެން ދިޔައިރު، ރޭގެ މެޗުގައި މެސީ ކާމިޔާބު ކުރި ލަނޑުތަކާއި މެސީ ވެގެން ގޮސްފައިވަނީ ބާސެލޯނާއަށް އެންމެ ގިނަ މެޗު ކުޅެދިން ލެޖެންޑް ޒަވީ ހާނަންޑޭޒް ހަދާފައިވާ ރެކޯޑާއި އެއްވަރުކޮށްފައެވެ.
ބާސާގެ ފަރާތުން މޮޅުކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ބާސާއިން ލީޑު ނެގީ މެޗުގެ 13 ވަނަ މިނެޓުގައެވެ. މި ލަނޑު މެސީ ކާމިޔާބު ކޮށްދިންއިރު، ބާސާއިން މެޗުގައި ކާމިޔާބު ކުރި ދެވަނަ ލަނޑު މެޗުގެ 35 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އެންޓޮނިން ގްރީޒްމަން އެވެ. މެޗުގެ ފުރަތަމަ ހާފު ނިމެން ދަނިކޮށް ލިބުނު ޕެނަލްޓީއަކުން ލަނޑު ޖަހާ ހުއެސްކާއިން މެޗުގެ ނަތީޖާގެ ފަރަގު ކުޑަކުރިއެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-2 ގެ ނަތީޖާއިން ބާސާ ކުރީގައި އޮވެގެންނެވެ.
ފަހުހާފަށް ކުޅެން ނިކުމެ އޮސްކާ މިންގުއިޒާ އިތުރު ލަނޑެއް ޖަހާ ބާސާގެ ލީޑު ފުޅާކުރިއިރު، މެޗުގައި ބާސާއިން ޖެހި ހަތަރު ވަނަ ލަނޑު ކާމިޔާބުކުރީ މެސީއެވެ. މި ލަނޑު ޖަހާފައިވަނީ މެޗުގެ ފުރިހަމަ ވަގުތުގެ އެންމެ ފަހު މިނެޓުގައެވެ.
މި މޮޅާއެކު ބާސެލޯނާއިންވަނީ އެއްވަނާގައި އޮތް އެތުލެޓިކޯއާއި 4 ޕޮއިންޓް ގާތަށް ޖެހިލާފައެވެ. 63 ޕޮއިންޓާއެކު ތާވަލްގެ އެއްވަނާގައި އެތުލެޓިކޯ އޮޮތްއިރު ބާސެލޯނާ ދެވަނާގައި އޮތީ 59 ޕޮއިންޓާއެކުގައެވެ. އަދި ތިންވަނާގައި އޮތް ރެއަލްމެޑްރިޑަށް ލިބިފައިވަނީ 57 ޕޮއިންޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް