އެސްޓީއޯއިން ވިއްކާ ތެލުގެ އަގަށް މިއަދުން ފެށިގެން ބަދަލު ގެންނަން ނިންމައިފި އެވެ.
އެ ކުންފުނިން ބުނީ މިއަދުން ފެށިގެން ޕެޓްރޯލާއި ޑީސަލް ވިއްކާ އަގު ކުރިޔަށްވުރެ ބޮޑުވާނެ ކަމަށެވެ. އަގުތަކަށް ބަދަލުގެންނަން ނިންމީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން ދާތާ ދުވަސްތަކެއް ވުމުން ކަމަށެވެ.
އެެސްޓީއޯއިން ބުނީ ތެލުގެ އަގަށް ދުނިޔޭގެ ބާޒާރުގައި އަންނަމުންދާ ބަދަލާއި ގުޅިގެން ރާއްޖެއަށް އެތެރެކުރާ ތެލުގެ އަގު އުފުލިފައިވާ ކަމަށެވެ.
މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް ވިއްކާނީ 8.85 ރުފިޔާއަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކާނީ 9.79 ރުފިޔާއަށެވެ.
އެސްޓޯއޯއިން ބުނެފައި މީގެ ހަތަރު މަސް ކުރިން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު ހުރި މިންވަރާ އަޅާ ބަލާއިރު މިހާރު ތެޔޮ ފީފާއެއްގެ އަގު ވަނީ ދެގުނައަށް ބޮޑުވެފައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް