ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ފަޒީން މިރޭ ހައްޔަރު ކޮށްފި އެވެ.
ފަޒީން ހައްޔަރު ކޮށްފައިވަނީ އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދާ މުޒާހަރާ ކަވަރު ކުރުމުގައި ހަރަކާތްތެރިވަމުން ދަނިކޮށެވެ.
ފަޒީން ނިސްބަތްވާ ރާއްޖެ ޓީވީން ބުނެފައިވަނީ ފަޒީން ހައްޔަރު ކޮށްފައިވަނީ ކީއްވެކަން ބުނަން އަދި ނޭނގޭ ކަމަށެވެ.
ފަޒީން ހައްޔަރު ކޮށްފައިވާއިރު، ހުއްޓުވާ ނަމުގައި އިދިކޮޅު ފަރާތްތަކުން މިހާރު ކުރިއަށްގެންދާ މުޒާހަރާތަކުގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ހައްޔަރު ކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް