އެމްޕީއެލްގެ މާބަނޑު މުވައްޒަފުންނަށްވެސް ޗުއްޓީ ދީފި

މިހާރު ފެތުރެމުންދާ އެޗް1އެން1 އާއި ގުޅިގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ މާބަނޑު މުވައްޒަފުންނަށްވެސ ޗުއްޓީދީފި އެވެ. އެޗްޕީއޭއިން ބުނެފައިވަނީ މި ބަލީގެ އަސަރު އެންމެ ފަސޭހައިން ކުރާނީ މާބަނޑު މީހުނ...

16 Mar 2017 | 18:42

މިހާރު ފެތުރެމުންދާ އެޗް1އެން1 އާއި ގުޅިގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ މާބަނޑު މުވައްޒަފުންނަށްވެސ ޗުއްޓީދީފި އެވެ.

އެޗްޕީއޭއިން ބުނެފައިވަނީ މި ބަލީގެ އަސަރު އެންމެ ފަސޭހައިން ކުރާނީ މާބަނޑު މީހުންނަށް ކަމަށެވެ. މިހާރު މިބަލީގައި ފަރުވާ ދެމުންދާ އެންމެ ސީރިއަސް މީހަކީ މާބަނޑު އަންހެނެކެވެ.

އެމްޕީއެލް އިން ބުނީ އެ ކުންފުނީގެ ހުރިހާ މާބަނޑު މުވައްޒަފުންނަށް މިއަދުން ފެށިގެން މުއްދަތެއް ނެތް ގޮތަށް ޗުއްޓީ ދީފައިވާ ކަމަށެވެ. އެމްޕީއެލްއިން ބުނީ އެހެން އޮފީސްތަކެކޭ އެއްގޮތަށް ޗުއްޓީދިން މާބަޑު މީހުންނަށް މުސާރައާއި އިނާޔަތްތަކުގެ އިތުރުން އެހެން ޗުއްޓީތައް އުނިނުވާނެ ކަމަށެވެ.

އެމްޕީއެލްގެ އިތުރުން ސަރުކާރުގެ އެހެން ކުންފުނިތަކާއި މިނިވަން މުއައްސަސާތަކުގެ އިތުރުން މާބަނޑު ސިވިލް ސާވަންޓުންނަށް ވެސް ވަނީ މިއަދުން ފެށިގެން ޗުއްޓީ ދީފައި އެވެ.

ސްވައިން ފްލޫ ފެތުރެމުންދާކަން ހެލްތް  މިނިސްޓްރީން ހާމަކޮށްފައިވާއިރު އަދި މިހާތަނަށް އެ ބަލި ކޮންޓްރޯލްވާ ކަމުގެ އަލާމާތެއް ނުފެނެ އެވެ. އެޗްޕީއޭއިން މިއަދު އާންމު ކުރި ތަފާސް ހިސާބުތަކަށް ބަލާއިރު ސްވައިން ފްލޫ ޖެހިފައިވާ މީހުންގެ އަދަދު ވަނީ 105 ށް އަރާފައި އެވެ. އަދި ބަލީގަިއ ވަނީ ތިން މީހުން މަރުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް