މަސްވެރިކަމަށް ނިކުމެ އުޅުނު ދޯންޏެއްގެ ހަބަރެއް ނުވެގެން ހޯދަން ފަށައިފި

މަސްވެރިކަމަށް ނުކުމެ އުޅުނު ދޯންޏެއްގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑުން އެ ދޯނި ހޯދުމުގެ މަސައްކަތް ފަށައިފިއެވެ. 15 މީހުންނާއެކު މަސްވެރިކަމަށް ނުކުމެ އުޅުނު "ފަހިރޯދި" ނަމަކަށް ކިޔާ މި...

16 Mar 2017 | 15:06

މަސްވެރިކަމަށް ނުކުމެ އުޅުނު ދޯންޏެއްގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑުން އެ ދޯނި ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

15 މީހުންނާއެކު މަސްވެރިކަމަށް ނުކުމެ އުޅުނު "ފަހިރޯދި" ނަމަކަށް ކިޔާ މި ދޯންޏާ އެންމެ ފަހުން ގުޅިފައިވަނީ މިމަހުގެ 11 ވަނަ ދުވަހު ކަމަށާއި، މިދޯނި މަސްވެރިކަމަށް ނުކުމެފައިވަނީ ކ.ގާފަރުގެ އިރުމަތި ފަރާތަށް ކަމަށް އެ ދޯނީގެ ވެރިފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިވާކަމުގައި އެމްއެންޑީއެފުން ބުނެ އެވެ.

އެމްއެންޑީއެފުން ބުނީ ކ.ގާފަރުގައި ދުއްވާ މި ދޯންޏަކީ، ދިގުމިނުގައި 90 ފޫޓް އަދި ދޯނީގެ ބޭރުގައި މަޑު ނޫކުލައިގެ ދަވާދު ލާފައިވާ، ދޯނީގެ ގެގަނޑުގައި ހުދު ދަވާދު ލާފައިވާ ދޯންޏެއް ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް ވަނީ މަޢުލޫމާތު ލިބިފައި ކަމަށެވެ.

މި ދޯންޏާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭގުޅޭ ނަމްބަރު 191 ގުޅުއްވައި ދެއްވުމަށް އެމްއެންޑީއެފުން އެދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް