ސްވައިން ފްލޫ ޖެހުނު މީހުންގެ އަދަދު 105 އަށް !

އެޗް1އެން1 އިންފްލުއެންޒާ (ސްވައިން ފްލޫ) ޖެހުނު މީހުންގެ ޖުމްލަ އަދަދު 105 އަށް އަރާފައިވާކަމުގައި އެޗްޕީއޭއިން ހާމަ ކޮށްފި އެވެ. އެޗްޕީއޭއިން މިކަން ހާމަކޮށްފައިވަނީ މިއަދު އާއްމު ކޮށްފައިވާ ތަފާސް ...

16 Mar 2017 | 09:48

އެޗް1އެން1 އިންފްލުއެންޒާ (ސްވައިން ފްލޫ) ޖެހުނު މީހުންގެ ޖުމްލަ އަދަދު 105 އަށް އަރާފައިވާކަމުގައި އެޗްޕީއޭއިން ހާމަ ކޮށްފި އެވެ.

އެޗްޕީއޭއިން މިކަން ހާމަކޮށްފައިވަނީ މިއަދު އާއްމު ކޮށްފައިވާ ތަފާސް ހިސާބުގަ އެވެ.

އެ ތަފާސްހިސާބުތަކުގައިވާގޮތުން ސްވައިން ފްލޫއަށް ޝައްކު ކުރެވިގެން މިހާތަނަށް 335 މީހަކު ވަނީ ޓެސްޓް ކޮށްފަ އެވެ. އޭގެ ތެރެއިން ޕޮޒިޓިވް ވެފައިވަނީ 105 މީހެކެވެ. މި އަދަދަށް ބަލާއިރު މި އަދަދަކީ މިހާތަނަށް ޓެސްޓް ކުރި މީހުންގެ 31 އިންސައްތަ އެވެ.

ސްވައިން ފްލޫގައި މިހާތަނަށް ދެ މީހަކު ވަނީ މަރުވެފަ އެވެ. އެއީ މި މަހުގެ ހަތަރުވަނަ ދުވަހު މި ބަލީގައި މަރުވި 26 އަހަރުގެ ޒުވާން ފިރިހެނަކާއި އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް ރޭގެ ވަގުތެއްގައި މަރުވި އުމުރުން 51 އަހަރުގެ އަންހެނެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް