ރޯގާ އާއި ގުޅިގެން ގައިދީންގެ އާއިލީ ބައްދަލުވުންތައް މެދުކަނޑާލައިފި

މިހާރު ފެތުރެމުންދާ އެޗް1އެން1 އާއި ގުޅިގެން ގައިދީންގެ އާއިލާތަކާއި ބައްދަލު ކުރުމަށް ބާއްވާ އައިލީ ބައްދަލުވުންތައް މެދުކަނޑާޅައިފި އެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ނެރުނު އިއުލާނެއްގައި ބު...

16 Mar 2017 | 09:00

މިހާރު ފެތުރެމުންދާ އެޗް1އެން1 އާއި ގުޅިގެން ގައިދީންގެ އާއިލާތަކާއި ބައްދަލު ކުރުމަށް ބާއްވާ އައިލީ ބައްދަލުވުންތައް މެދުކަނޑާޅައިފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ގައިދީންގެ އާއިލީ ބައްދަލުވުންތަކާއި އެކަހެރި ބައްދަލުވުންތައް މެދުކަނޑާލީ ފެތުރެމުންދާ ހުމާ ގުޅިގެން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމުގެ ގޮތުން ކަމަށެވެ. އަލުން ބައްދަލުވުންތައް ބާއްވަން ފަށާނެ ތާރީހެއް ހާމަކޮށްފައެއް ނުވެ އެވެ.

ހަލުވިކަމާއި އެކު ސްވައިން ފްލޫ ފެތުރެމުންދާތީ އެޗްޕީއޭއިން ވަނީ މީހުން ގިނައިން އެއްވެގެން ބާއްވާ ހަރަކާތްތަކާއި އެއްވުންތައް ނުބޭއްވުމަށް އިލްތިމާސްކޮށްފައި އެވެ. އަދި ރާވާފައި ހުރި ހަރަކާތްތައްވެސް މެދުކަނޑާލަން އެދިފައި އެވެ.

އެހެންވެ ކުޅިވަރު ހުރިހާ ހަރަކާތެއްހެން މެދުކަނޑާލާފައިވާއިރު ސްކޫލްތަކާއި ޔުނިވާސިޓީ އަދި ކޮލެޖުތަކުގެ ކިޔެވުންވަނީ މެދުކަނޑާލާފައި އެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާގޮތުގައި މިހާތަނަށް އެޗް1އެން1 އަށް ޓެސްޓު ކުރި 279 މީހުންގެ ތެރެއިން 82 މީހަކަށް ވަނީ އެ ބަލި ޖެހިފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް