ރާއްޖޭގައި ހަލުއިކަމާއެކު ހުމާއި ރޯގަލާއެކު އެޗް1އެން1 އިންފްލުއެންޒާ ފެތުރެމުން އަންނައިރު ރައްޔިތުން އަމިއްލަ ރައްކާތެރިކަމުގެ ގޮތުން އެއްމެ ގިނައިން ބޭނުން ކުރަމުން އަންނަނީ މާސްކެވެ. މާސްކުގެ އަގުތަކަށް ބަލާލާއިރު އަގުތައް އުޅެނީ 1 ރުފިޔާ 80 ލާރިއާއި 7 ރުފިޔާ އާއި ދެމެދުގެ އަގުތަކެއްގަ އެވެ.
އެގޮތުން އެސްޓީއޯ ފާމަސީތަކުން އިއްޔެ 1 ރުފިޔާއަށް މާސްކު ވިއްކާފައިވާއިރު އެސްޓީއޯގެ ގުދަނުން މާސްކު ވިއްކާފައިވަނީ 1 ރުފިޔާ 80 ލާރިއަށެވެ. އައިޖީއެމްއެޗް ސަރަހައްދުގައި އިއްޔެ ބައެއް ފިހާރަތަކުން ތިން ރުފިޔާއަށް މާސްކު ވިއްކި ނަމަވެސް މިހާރު ވިއްކަމުން އަންނަނީ 5 ރުފިޔާއަށެވެ. ބައެއް ފިހާރަތަކުގައި 7 ރުފިޔާއަށްވެސް މާސްކު ވިއްކަމުންދެ އެވެ.
މާސްކުގެ އަގު ބޮޑު ކަމަށް ބެލެވެނީ އޭޑީކޭ ސަރަހައްދުގައި ހުންނަ ފިހާރަތަކުގަ އެވެ. އެ ސަރަހައްދުގެ ބޭސްފިހާރަތަކުން މާސްކު ވިއްކަމުން އަންނަނީ 5 ރުފިޔާ އާއި 7 ރުފިޔާއާއި ދެމެދުގެ އަގުތަކެއްގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް