ކުރިޔަށް ސްކޫލް ބަންދާއި ދިމާކޮށް ރާއްޖެއިން ބޭރަށްދާ ފަރާތްތަކުން ވަގުތު އޮއްވަ ޑޮލަރު ހޯދަން ބުކިން ހެއްދުމަށް ބޭންކް އޮފް މޯލްޑިވްސް އިން އިލްތިމާސްކޮށްފި އެވެ.
ބީއެމްއެލްއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ވީހާ ވެސް ފަސޭހަކަމާ އެކު އެއާޕޯޓުން ޑޮލަރު ނެގުމަށްޓަކައި ފްލައިޓް ފުރުމުގެ އަށް ގަޑިއިރުކުރިން ޑޮލަރު ގަތުމަށް ބޭނުންވާ ފައިސާ ދައްކައި، ބުކިން ހެއްދިފައިވާކަން ޔަގީން ކުރުމަށް ދަތުރުވެރިންނަށް ހަންދާން ކޮށްދޭކަމަށެވެ.
މި ހިދުމަތް ބީއެމްއެލްއިން ތައާރަފު ކުރީ މިދިޔަ ޖެނުއަރީމަހު އެވެ. އޮންލައިންކޮށް ޑޮލަރު ހޯދަން ބުކްކޮށް، ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސާފައިވާއިރު ބީއެމްއެލްގެ ހުރިހާ ބްރާންޗަކުންވެސް ފައިސާ ދެއްކޭނެ އެވެ.
އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ނޫން އިންޓަނޭޝަނަލް އެއާޕޯޓުތަކުން ފުރާ ދަތުރުވެރިންނަށް އެ އެއާޕޯޓަކާއި އެންމެ ކައިރީގައި ހުންނަ ބީއެމްއެލްގެ ބްރާންޗަކުން އުނދަގުލަކާއި ނުލައި ޑޮލަރު ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޑޮލަރު ދޫކުރާ ކައުންޓަރު ހުންނަނީ ގޭތް ނަމްބަރު ހަތަރެއް ކުރިމަތީގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް