ސްވައިން ފްލޫ އާއި ގުޅިގެން އީސީގެ މާބަނޑު މުވައްޒަފުންނަށް ޗުއްޓީ ދީފި

މިދުވަސްވަރު ހަލުވިކަމާއި އެކު ރާއްޖޭގައި ފެތުރެމުންދާ ސްވައިން ސްލޫ ނުވަތަ އެޗް1އެން1 އާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ ހުރިހާ މާބަނޑު މުވައްޒަފުންނަށް ޗުއްޓީ ދީފި އެވެ. އެކޮމިޝަނުގެ މެންބަރު އަހ...

16 Mar 2017 | 06:51

މިދުވަސްވަރު ހަލުވިކަމާއި އެކު ރާއްޖޭގައި ފެތުރެމުންދާ ސްވައިން ސްލޫ ނުވަތަ އެޗް1އެން1 އާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ ހުރިހާ މާބަނޑު މުވައްޒަފުންނަށް ޗުއްޓީ ދީފި އެވެ.

އެކޮމިޝަނުގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ އެ ކޮމިޝަނުގައި މަސައްކަތް ކުރާ ހުރިހާ މާބަނޑު މުވައްޒަފުންނަށް މިއަދުން ފެށިގެން ޗުއްޓީ ދީފައި ކަމަށެވެ. އަދި ޗުއްޓީގައި ހުންނަ މުއްދަތުގެ މުސާރައާއި އިނާޔާތްތައް އޮންނަ އުސޫލުގެ ދަށުން ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަންނަ މަހު ބާއްވާ ކައުންސިލް އިންތިހާބާއި ގުޅިގެން ގިނަ އަދަދެއްގެ ވަގުތީ މުވައްޒަފުންވެސް ދަނީ އެކޮމިޝަނުގައި މަސައްކަތް ކުރަމުންނެވެ. އަކްރަމް ވިދާޅުވީ ޗުއްޓީ ދީފައިވަނީ ކޮމިޝަނުގެ ދާއިމީ މުވައްޒަފުންނާއި ވަގުތީ މުވައްޒަފުން ހިމެނޭ ގޮތަށް ކަމަށެވެ. އެކަމަކު އެއީ ކިތައް މުވައްޒަފުން ކަމެއް ވިދާޅެއް ނުވެ އެވެ.

އިންފްލުއެންޒާ ޖެހުމުގެ ފުރުސަތު އެންމެ ބޮޑީ މާބަނޑު އަންހެނުންނަށް ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައި އެވެ. އެހެންވެ އޮޑިޓާ ޖެނެރަލް އޮފީހުގައި މަސައްކަތް ކުރާ މާބަނޑު މުވައްޒަފުންނަށްވެސް އިއްޔެ ވަނީ މުސާރަ އާއި އިނާޔަތްތައް ނުކެނޑޭގޮތަށް ޗުއްޓީ ދީފައި އެވެ.

އިންފްލުއެންޒާ ޖެހިގެން އައިޖީއެމްއެޗު އައިސީޔޫގައި ދެ މާބަނޑު މީހަކަށް ދަނީ ފަރުވާދެމުންނެވެ. އޭގެ ތެރެއިން އެކަކުގެ ހާލު ސީރިއަސް އިރު އޭނާ ބަނޑުގައި އޮތް ދަރިފުޅު ފަސް މަހުގައި ވަނީ ސިޒޭރިއަން ހައްދައިިގެން އިއްޔެ ރޭ ނަގާފައި އެވެ. ހޮސްޕިޓަލުން ބުނީ އެ ކުއްޖާގެ ހާލުވެސް ސީރިއަސް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް