ހުން އައިސްގެން އެޑްމިޓް ކުރި މީހަކު ބ އޭދަފުށީ ހޮސްޕިޓަލުގައި ނިޔާވެއްޖެ !

ހުން އައިސްގެން ބ އޭދަފުށީ ހޮސްޕިޓަލުގައި އެޑްމިޓް ކުރި އުމުރުން 56 އަހަރުގެ އަންހެނަކު ނިޔާވެއްޖެ އެވެ. ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި އެ އަންހެންމީހާ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވަނީ ހުނ...

16 Mar 2017 | 05:08

ހުން އައިސްގެން ބ އޭދަފުށީ ހޮސްޕިޓަލުގައި އެޑްމިޓް ކުރި އުމުރުން 56 އަހަރުގެ އަންހެނަކު ނިޔާވެއްޖެ އެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި އެ އަންހެންމީހާ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވަނީ ހުންގަދަވުމުންނެވެ. ނަމަވެސް ދުވަހަށް މައުލޫމާތު ދެއްވަމުން އެ ހޮސްޕިޓަލުގެ ޑިރެކްޓަރު އަހުމަދު ވަހީދު ވިދާޅުވީ އެ އަންހެންމީހާ ހޮސްޕިޓަލަށް ދެއްކީ ހުންއައުމުން ކަމަށާއި ނަމަވެސް އިއްޔެވެސް ހުން ނެތް ކަމަށެވެ. އަދި އެ އަންހެންމީހާއަކީ ސީއޯޕީޑީ(ފުއްޕާމޭގެ ބަލި) ހުރި މީހެއް ކަމުގައިވެސް އަހުމަދު ވަހީދު ވިދާޅުވި އެވެ.

ހޮސްޕިޓަލްގެ ޑިރެކްޓަރު އިތުރަށް ވިދާޅުވީ ނިޔާވީ އުމުރުން 59 އަހަރުގެ މީހެއް ކަމަށާއި ނިޔާވެފައިވަނީ ރޭގެ ދަންވަރު 3:30 ހާއިރު ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް