ދޫނިދުއަށް ގެންދިއުމުގެ ބަދަލުގައި ނާޒިމް ގެއަށް ބަދަލުކޮށްފި

އިއްޔެގެ ވަގުތެއްގައި ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް ގެއަށް ބަދަލު ކުރުމަށްފަހު މިރޭގެ ވަގުތެއްގައި ދޫނިދުއަށް ގެންދިއުމަށް ނިންމި ނަމަވެސް އަނެއްކާވެސް ނާޒިމް ގެއަށް ބަދަލުކޮށްފި އެވެ. ދުވަހަށް މަ...

16 Mar 2015 | 15:39

އިއްޔެގެ ވަގުތެއްގައި ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް ގެއަށް ބަދަލު ކުރުމަށްފަހު މިރޭގެ ވަގުތެއްގައި ދޫނިދުއަށް ގެންދިއުމަށް ނިންމި ނަމަވެސް އަނެއްކާވެސް ނާޒިމް ގެއަށް ބަދަލުކޮށްފި އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ އިންފޮމޭޝަން އޮފިޝަރު އިސްމާއިލް އަލީ ވިދާޅުވީ ނާޒިމް މިރޭ ގެއަށް ބަދަލުކުރީ ފަރުވާ ކުރުން ނުނިމޭތީ ކަމަށެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މިރޭ ނާޒިމް ގެއަށް ބަދަލުކުރީ ޑޮކްޓަރުގެ ލަފާގެ މަތިންނެވެ. އަދި ނާޒިމްގެ ޓެސްޓްތަކެއްވެސް ހަދާ ނުނިމޭތީ އެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިޝަރު ކުރިން ވިދާޅުވީ ނާޒިމް ހޮސްޕިޓަލަށް ގެންދިއުމަށްފަހު މިރޭގެ ވަގުތެއްގައި ދޫނިދޫއަށް ގެންދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް