މިރޭގެ ވަގުތެއްގައި ނާޒިމް ދޫނިދޫއަށް ގެންދާނެ: ޕޮިލސް

ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫގައި ބެހެއްޓުމަށްފަހު އިއްޔެގެ ވަގުތެއްގައި ގެއަށް ބަދަލު ކުރި، ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަޑް ނާޒިމް ކުޑަ އިރުކޮޅަކުން އަނބުރާ ދޫނިދޫއަށް ގެންދާނެ ކަމަށ...

16 Mar 2015 | 13:47

ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫގައި ބެހެއްޓުމަށްފަހު އިއްޔެގެ ވަގުތެއްގައި ގެއަށް ބަދަލު ކުރި، ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަޑް ނާޒިމް ކުޑަ އިރުކޮޅަކުން އަނބުރާ ދޫނިދޫއަށް ގެންދާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ އިންފޮމޭޝަން އޮފިޝަރު އިސްމާއިލް އަލީ ވިދާޅުވީ މިހާރު ނާޒިމް ހުންނެވީ ހޮސްޕިޓަލުގައި ކަމަށާއި ކުޑަ އިރުކޮޅަކުން ދޫނިދޫއަށް ގެންދާނެ ކަމަށެވެ.

ވަގުތީ ގޮތުން ގެއަށް ބަދަލުކުރުމާމެދު އިންފޮމޭޝަން އޮފިޝަރު ވިދާޅުވީ ގެއަށް ބަދަލުކުރި އިރުވެސް ހުންނާނީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށާއި ބަދަލުކުރީ 24 ގަޑިއިރަށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް