ރަސްމީ ދަތުރުފުޅެއްގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަހުމަދު ޝިޔާމް މެލޭޝިއާއަށް ފުރާ ވަޑައިގެންފި އެވެ.
އެމްއެންޑީއެފުން ބުނީ ޗީފް އޮފް ޑިފެންސްފޯސް ފުރާ ވަޑައިގެންނެވީ ރޭގެ ވަގުތެއްގައި ކަމަށެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅަކީ މެލޭޝިއާގެ ލަންގް ކަވީގައި 2015 މާރިޗު 17 އިން 21 އަށް ބޭއްވުމަށް ހަމަޖެހިފައިވާ "ލަންގް ކަވީ އިންޓަނޭޝަނަލް މެރިޓައިމް އެންޑް އެއިރޯ ސްޕޭސް އެގްޒިބިޝަން 2015" ގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ކުރައްވާ ދަތުރުފުޅެއް ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް